އިނގިރޭސި ވިލާތް ރައްކާތެރިއެއް ނޫން- ބަަލައިގެން އުޅޭ: ޔޫއޭއީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އިނގިރޭސި ވިލާތް ރައްކާތެރިއެއް ނޫން- ބަަލައިގެން އުޅޭ: ޔޫއޭއީ
އިނގިރޭސިވިލާތަކީ މިހާރު ރައްކާތެރި ޤައުމެއް ނޫން ކަމަށާއި ބަލައިގެން އުޅުމަށް އިނގިރޭސިވިލާތުގައި ހުންނަ ޔޫއޭއީ އެމްބަސީން އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ޔޫއޭއީ އެމްބަސީން މިފަދައިން އިލްތިމާސްކުރީ ލަންޑަން ބްރިޖުގައި ރޭ ދިން ޓެރަރިސްޓް ހަމަލާ އާއި ވަޅި ހެރުމުގެ ހަމަލާތަކާއި ގުޅިގެންނެވެ.

ރޭގެ ހަމަލާތަކުގައި 7 މީހުން މަރުވެ 48 މީހުން ވަނީ ޒަކަމްވެފައެވެ. ހަމަލާތައް ކޮންޓްރޯލް ފުލުހުން ކުރި މަސައްކަތުގައި ހަމަލާ ދިން 3 މީހުން މަރުވެފައިވާ ކަމަށް އުންމީދުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފަހުން މިހާރު ބުނެފައިވަނީ ހަމަލާއާއި ގުޅުންހުރި 12 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި ހިންގާ ޓެރަރިސްޓް ހަމަލާތަކުގެ މައުލޫމާތު އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ނުލިބުނު ނަމަވެސް އެހެން ޤައުމުތަކުގައި ހިންގައިފާނެ އެފަދަ ހަމަލާތަކުގެ މައުލޫމާތު އެނގޭކަމަށް އިނގިރޭސިވިލާތުން ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން