ސްރީލަންކަން އެއަރލައިންސްއިން އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެ އެއަރލައިނުން ބުނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދުވާލަކު އެއްފްލައިޓް ކޮލަމްބޯއިން މެލްބަންއަށް އޮންނާނެ ކަމަށެވެ.
ސްރީލަންކާގެ މައި އެއަރޕޯޓު ކަމަށްވާ ލަންކާގެބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓުން މި ދަތުރުތައް ފަށާއިރު، ކޮލަމްބޯއިން މެލްބަންއަށް ކުރާ ދަތުރުގެ ދިގު މިނަކީ 11 ގަޑިއިރު އެވެ.
މާލެއިން ކޮލަމްބޯއަށް ފްލައިޓް ނައްޓާލާ ގަޑިއަކީ މާލެގަޑިން ރޭގަނޑު 20:40އެވެ. އަދި އެއަށްފަހު ކޮލަމްބޯއިން މެލްބަންއަށްފްލައިޓް ނައްޓާލަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 23:20ގައެވެ.
ފްލައިޓް އަގުތަކަށް ބަލާއިރު ދިވެހިންނަށް އިކޮނޮމީ ކްލާހުގެ ޓިކެޓެއްއުޅެނީ އެއްކޮޅަށް 550 ޑޮލަރަށް ލިބޭ އިރު، ދެކޮޅަށް (ރިޓަރން) ޓިކެޓް އުޅެނީ 1،117ޑޮލަރަށެވެ. ބިޒްނަސް ކްލާހުން އެއްކޮޅު ޓިކެޓެއް 1،159 ޑޮލަރަށް އަދިރިޓަރން ޓިކެޓެއްގެ އަގު އުޅެނީ 1،980 ޑޮލަރަށެވެ.
މީގެ އިތުރުން އެ ޤައުމުން ވަނީ އަންނަ ޖުލައި މަހުން ފެށިގެން އިންޑިއާގެ ތިންމަންޒިލަކަށްވެސް މުޅިން އަލަށް ދަތުރުތައް ފެށުމަށް ނިންމާފައެވެ.