ޔޫތުސުޕަރސްޓައިލްބެޓުލް 2017ގެ ނަމުގައި ފުރީސްޓައިލްފުޓަބޯލްޗެންޕިއަންޝިޕެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.
މާފަންނު ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ ކުރިމަތިން މަޖީދީ މަގުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް އޮންނާނީ 9 ޖޫން އިން 11 ޖޫންއަށް ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00ން 17:30އަށެވެ. ސެމީފައިނަލާއި ފައިނަލް މެޗު އޮންނާނީ ޖޫން 16 ވާ ހުކުރު ދުވަހުގެ 16:00ން 17:30އަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12:00 އާއިހަމައަށް ވަނީ ހުޅުވާލާފައިވާ އިރު، މިއީ ޢުމުރުން 16 އަހަރާއި 35 އަހަރާއިދެމެދު ޢުމުރުފުރާއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމަށް ފުރިހަމަ ނަމާއި އައިޑީ ކާޑު ނަމްބަރ، ޢުމުރު އަދި ގުޅޭނެ ނަމްބަރ އޮފިޝަލް ފޭސްބުކް ޕޭޖް https://www.facebook.com/Youth-SuperStyle-Battleއަށް އިންބޮކްސް ނުވަތަ 7598268 ނަމްބަރު ފޯނަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.
ދިވެހިރާއްޖޭގައިއެންމެފަހުންބޭއްވުނުދެފުރީސްޓައިލްމުބާރާތުގެވެސްޗެންޕިއަންމުހައްމަދުސައިފްޒާހިރުއާއިގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރއަކަށް ދިރާގު ހަމަޖައްސާފައިވާ އިރު، އޮފިޝަލް ފޮޓޯގްރަފީ އަދި ވީޑިއޯ ގްރަފީ ޕާރޓްނަރއަކީ ލީފް ފޮޓޯސް އެވެ.