ޤަތަރާއި ސައުދިއަރަބިޔާ ގުޅޭ ބޯޑަރު ބަންދުކުރާނެކަން އިއްޔެ ސައުދިއަރަބިޔާއިން އިއުލާނުކުރުމުން އެކަން ވެގެން ދިއައީ ޤަތަރު ރައްޔިތުންނަށް ލިބުނު ކުއްލި ބޮޑު ސިހުމަކަށެވެ. ސައުދީން މިއަދު ވަނީ ބޯޑަރު ބަންދުކޮށްފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
ޤަތަރު ރައްޔިތުން އަވަސް އަވަހަށް ދުއްވައިގަތީ ބާޒާރަށެވެ. ލިބެންހުރި ހުރިހާ ކާބޯތަކެއްޗެއް ގަތުމަށެވެ. ސައުދީން ޤަތަރުގެ ބޯޑަރު ބަންދުކުރުމުން އަރަބި ޤައުމުތަކުން ޤަތަރަށް ގެންދާ މުދާ ނުގެންދެވޭނެތިިއެވެ. ތަކެއްޗަށްޖެހި ބާޒާރުގެ އަގުތައް އުފުލޭނެތީއެވެ.
ސައުދިއަރަބިޔާއިން ބުނެފައިވަނީ ބޯޑަރު ހުޅުވާނެ ދުވަހެއް ބުނަންވެސް ނުއެނގޭ ކަމަށާއި މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ޤަތަރަށް މުދާ ހިފައިގެން ދިއަ އެތައް ހާސް ލޮރީއެއް މިއަދު ވަނީ ހުއްޓުވައިފައެވެ.
ސައުދިއަރަބިޔާއާއި ޔޫއޭއީ އިން ވަނީ ޤަތަރަށް ހަކުރު އެކްސްޕޯޓްކުރުންވެސް ހުއްޓާލައިފައެވެ.
އީރާނުން ބުނީ ޤަތަރަށް ބޭނުންވާ ކާބޯތަކެތި ކަނޑުމަގުން ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ ކަމަށާއި ޤަތަރުގެ ެއެއްވެސް ކަމަކަށް ދަތިވިއަ ނުދޭނެ ކަމަށެވެ. އީރާނުން ފުރައިގެން ކަނޑުމަގުން ގަތަރަށް 12 ގަޑިއިރުން ދެވެއެވެ.
މިއީ އީރާނަށް ރަނުގެ ފުރުޞަތަކަށް ވަނީ ވެފައެވެ. ޤައުމުގެ އެކްސްޕޯޓް އެތައް ގުނައަކަށް އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.