ސައުދީގަ ހުރި އަލްޖަޒީރާގެ އޮފީސް ބަންދުކޮށް ލައިސަންސް ބާޠިލްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ސައުދީގަ ހުރި އަލްޖަޒީރާގެ އޮފީސް ބަންދުކޮށް ލައިސަންސް ބާޠިލްކޮށްފި
ސައުދިއަރަބިޔާގައި ހުރި އަލްޖަޒީރާގެ އޮފީސް ބަންދުކޮށް ލައިސަންސް ބާތިލްކޮށްފިއެވެ.

ސައުދީ އިންފޮމޭޝަން މިނިސްޓްރީން ބުނީ މިފަދަ ފިޔަވަޅެއް އެޅީ ޔަމަނުގައި ހަނގުރާމަކުރާ ހޫތީ ަހަނގުރާމަވެރިންނަށް ބޭނުންވާ މައުލޫމާތު އަލްޖަޒީރާގެ މުވައްޒިފުން ފޯރުކޮށްދޭތީ ކަމަށެވެ. އަދި އަލްޖަޒީރާއިން މަސައްކަތްކުރަމުން ގެންދަނީ ސައުދިއަރަބިޔާގެ އަމިއްލަވަންތަކަމާއި ކަރާމާތަށް ގެއްލުން ލިބޭގޮތަށް ވާތީ ކަމަށެވެ.

އަލްޖަޒީރާއަކީ ބައިނަލްއަޤްވާމީ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ ކުރީގައި އޮތް ޓީވީ ސްޓޭޝަން ނަމަވެސް ސަލްމާން ރަސްގެފާނު ޗައިނާ އަށާއި އޭސިއާގެ ޤައުމުތަކަށް ކުރެއްވެވި ދަތުރުފުޅު ކަވަރުކޮށްފައިވަނީ ވަރަށް ފަނޑުކޮށްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން