ވޮލެސް އެންޑް ގްރޮމިޓް' ގެ އެކްޓަރ ޕީޓަރ ސަލިސް މަރުވެއްޖެ'

ކިޔުމަށް ހޭދަވާނީ 1މ 6ސ
ވޮލެސް އެންޑް ގްރޮމިޓް' ގެ އެކްޓަރ ޕީޓަރ ސަލިސް މަރުވެއްޖެ'
ހޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޕީޓަރ ސަލިން، އުމުުރުން 96 އަހަރުގައި މަރުވެއްޖެއެވެ.

ޕީޓަރ ސަލިސް ބެލުންތެރިންނަށް ބޮޑަށް މަޝްހޫރު ވެފައިވަނީ "ލާސްޓް އޮފް ދަ ސަމަރ ވައިން" ގައި އޭނާ ކުޅެފައިވާ ރޯލުންނާއި އަދި "ވޮލެސް އެންޑް ގްރޮމިޓް" ގައި "ވޮލެސް" ގެ އަޑުންނެވެ.

އޭނާގެ މަރުގެ ޚަބަރު ނޫސްވެރިންނަށް ކަށަވަރު ކޮށްދެމުން ޕީޓަރ ސަލިސް ގެ އޭޖަންޓު ބުނެފައިވަނީ، ޕީޓަރ މަރުވީއިރު އޭނާގެ އާއިލާ އޭނާގާތު ތިބިކަމަށެވެ.

ޕީޓާރ ސަލިސް ވަނީ 1973 ވަނަ އަހަރުން ފެށިގެން "ލާސްޓް އޮފް ދަ ސަމަރ ވައިން" ގައި ކްލެގީ ކްލެގް ގެ ރޯލު އަދާކޮށްފައެވެ. އަދި 2010 ވަނަ އަހަރު އެސީރީޒް ނިމެންދެން ވެސް ޕީޓަރ އެރޯލު އަދާކޮށްފައިވެއެވެ. އެސީރީޒްގެ ހުރިހާ އެޕިސޯޑެއްގައި ޕީޓަރ އެކްޓު ކޮށްފައިވެއެވެ.

ގިނަ އަދަދެއްގެ ހޮލީވުޑް އެކްޓަރުންނާއި، ޓީވީ އެންކަރުންގެ އިތުރުން ފިލްމު ޕްރޮޑިއުސަރުންނާއި ޓެލެވިޟަން ޑްރާމާތައް އުފައްދާ ފަރާތްތަކުން، ޕީޓަރ ސަލިސް މަރުވުމުގެ ހިތާމާގައިވަނީ ބައިވެރިވެ އާއިލާ އަށް ތަޢުޒިޔާ ކިޔާފައެވެ. އޭގެ ތެރޭގައި ބީބީސީ ގެ ކޮންޓްރޯލަރ ޝޭން އެލެން އާއި އަލޯއާލޯ އެކްޓްރެސް ވިކީ މިޝޭލް އާއި ރިޓަޔަރޑް އެކްޓަރ ޑެންވިލް ހޯލް ހިމެނެއެވެ.


މިއަދު އޮންލައިން