ރަމަޟާން ކަޕް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ގްރީން ޓީމު ހޯދައިފިއެވެ.
އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި ވައިޓް ޓީމާއި ވާދަކޮށްގެންނެވެ.
މިއީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މުބާރާތެވެ. މުބާރާތުގެ ތިންވަނަ ޓީމަކީ ޔެލޯ ޓީމެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މެމްބަރުންނަށް ބައިވެރިވެވޭގޮތަށް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ކުރިއަށް ގެންދާ މި މުބާރާތަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.