މިއަހަރުގެ ރަމަޞާންމަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި 8 މިލިއަން މީހުން މައްކާގެ ޙަރަމްފުޅަށް ގޮސްފައިވާކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ. މިމީހުން ގޮސްފައިވަނީ ވެހިކަލްތަކުގައި 30،000 ދަތުރުކޮށްގެންނެވެ.
މިދިއަ އަހަރުގެ މި މުއްދަތުގައި ހަރަމްފުޅަށް ދިއައީ 5.3 މިލިއަން މީހުންނެވެ. އެމީހުން ގޮވައިގެން ކޮށްފައިވަނީ 22،000 ދަތުރެވެ.
ހަރަމްފުޅަށް މީހުން ގެންގޮސް ގެނައުމަށް ވަނީ ޚާއްޞަ ޕްލޭނެއް ރާވައިފައެވެ. ކަންކަން އޮމާންކަމާއިއެކު މައްސަލައެއް ނުޖެހި ކުރިއަށް ގެންދެވެނީ އެ ޕްލޭނަށް އަމަލުކުރާތީއެވެ.
ވެހިކަލް ދަތުރުތަކަށް ދަތި ނުވާ ގޮތަށް ހިނގައި އުޅުން ވެސް ވަނީ އިންތިޒާމުކޮށްފައެވެ.