ރާގު: ޒަރަސުން ހަސީން
ޔާރައްބަނާ ޔާޒަލްޢުލާ،
ތައުބާ ވަމޭ ނިޔަތާ ހިތުން،
ޔާ މާލިކީން، ޔާ ޢާލަމީން،
މި އަޅާގެ ވެރި ޔާ މުޒުނިބީން،
ހިޔަލުން ލިބޭތޯ ޖަންނަތުން ހެޔޮ ރަޙުމަތެއް ކުރަމުން ދުޢާ(2)
ހިޔަހާސް ފަހަރު ކިޔަމުން ޒިކުރު ޔާރައްބަނާ ޔާރައްބަނާ،
ޔާރައްބަނާ...
އަޅުކަމުގެ ޗޭނުން ގައިދުވެވި މެންދަމުގެ ދުނިޔެ ނިދުމާއެކީ(2)
ކަޅު އަނދިރި ރޭރޭ އިންނަމޭ ޔާރައްބަނާ ޔާރައްބަނާ
ޔާރައްބަނާ....
ތަސްބީޙަ ކިޔަމުން ދާ ވަގުތު ލިބި ތަސްލިޔާ ހިތްހަމަ ޖެހޭ(2)
ފަސްނުޖެހި އަޅުކަން ކުރެވެނީ ޔާރައްބަނާ ޔާރައްބަނާ
ޔާރައްބަނާ...
އިސްރާފުވީ ވަގުތާ ދުވަސް އާފިލް ކަމުގެ މާޒީ ތެރޭ(2)
ގިސްލާ ރޮމުން ތައުބާވަމޭ ޔާރައްބަނާ ޔާރައްބަނާ
ޔާރައްބަނާ