ސާފުތާހިރުކޮށް ތިމާ ހުރުމީ ރިވެތިވީ އާދައެއް
................................ސާފުތާހިރުކަން ތިމާގައި އަށަގަތުން ލާޒިމުކަމެއް
ބަލިތަކާ ދުރުވާން ތިމާ މިކަމަށް ސަމާލުވުމަށް ޖެހޭ
................................ބަލިތަކުން ރައްކާވެ ތިބުމަށް މީ ވަރަށް ބޭނުން ކަމެއް
ގޯތި ގެދޮރާ އަދި ނިދާ ތަންމަތި ކޮޓަރިވެސް ސާފުކޮށް
................................ގޯތި ގެދޮރުގެ ރިވެތިކަން ބެލެހެއްޓުމީ ބޭނުން ކަމެއް
ފެންވަރައިގެން ސާފު ފޭރާން ލައި އަބުރުވެރިކޮށް އުޅެން
................................އެންމެ ކުޑައިރުވެސް އުޅެން ދަސްކުރުމަކީ ބޭނުން ކަމެއް
ދަތްޕިލާ އުނގުޅައި ނިދަން އެރުމުގެ ކުރިން އަނގަ ދޮވެލުމީ
................................ދަތް ކެއުން ފަނި ދުރުކުރާ ކަމެކޭ ޔަގީން ކުރެވޭ ކަމެއް
ގެންގުޅޭ ހުރިހާ ތަކެތި ތަރުތީބުކޮށް ގެންގުޅުމަކީ
................................އެންމެނަށް އޭގެން ފަސޭހަ ލިބޭނެ އަގުހުރި މޮޅުކަމެއް
ކޮންމެ ވަގުތަކު ކެއުމަކަށް ފެށުމުގެ ކުރިން އަތް ދޮވެލުމީ
................................އޮންނަ ހަމައިން ބަލިތަކުން ދުރުކޮށްލަ ދޭނެ ހަގީގަތެއް