އަހަރެމެން ނައްތައިލެވޭނެ ކަމަށް ހީނުކުރޭ- އަހަރެމެން އެބަތިބިން: އައިއެސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އަހަރެމެން ނައްތައިލެވޭނެ ކަމަށް ހީނުކުރޭ- އަހަރެމެން އެބަތިބިން: އައިއެސް
އީރާނުގައި މިއަދު ދިން ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އައިއެސް އިން އުފުލައިފިއެވެ. ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 12 އަށް އަރައިފައެވެ.

އައިއެސް އިން ހާމަކުރި އޯޑިއޯ މެސެޖެއްގައި ބުނެފައިވަނީ "އަހަރެމެން ނައްތައިލެވުނީ ކަމަށް ހީނުކުރޭ- އަހަރެމެން އެބަތިބިން" ކަމަށެވެ.

ސުންނީންނާއި ދެކޮޅަށް ހަރަކާތްތެރިވަމުން އަންނަ އީރާނުގައި މިއީ ސުންނީން ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާތަކެވެ. މިފަދަ ހަމަލާތަކެއް ކުއްލިއަކަށް ދިނުމުން އީރާނަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ.

ސީރިޔާގެ ހަނގުރާމައިގައި އިރާނަށް ވާގިވެރިވާ އަދި އީރާނުގެ ބައިވެރިން ކަމަށްވާ ރަސިއާ ފަދަ ޤައުމުތަކުން ގެންދަނީ ހަމަލާތަކާއި ގުޅިގެން ކަންބޮޑުވުން ފައުޅުކުރަމުންެވެ.
މިއަދު އޮންލައިން