ސީޕީ ކަޕް 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުން ޑީއީޑީ ކުލަބް އަދި ޓީއެމްޑީ ބޯއީސް ޖާގަ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސީޕީ ކަޕް 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުން ޑީއީޑީ ކުލަބް އަދި ޓީއެމްޑީ ބޯއީސް ޖާގަ ހޯދައިފި
ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށްކުޅޭ 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުން ޑީއީޑީ ކުލަބް އަދި ޓީއެމްޑީ ބޯއީސް ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ޑީއީޑީ ކުލަބް ޖާގަހޯދާފައިވަނީ ސެމީފައިނަލްގައި އެސްއޯ ޕްރެޝަރ އާއި ވާދަކޮށް 8-7 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޑީއީޑީ ކުލަބްގެ މުހައްމަދު އަނާންއެވެ.

ޓީއެމްޑީ ބޯއީސް ފައިނަލުން ޖާގަހޯދާފައިވަނީ އެސްއޯ ތްރެޓްސް އާއި ވާދަކޮށް 7-6 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޓީއެމްޑީ ބޯއީސްގެ އަޝްފާގު މުހައްމަދު ރަޝާދުއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ.ސީޕީ ކަޕް 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ކުޅެ ނިމިފައިވާއިރު ސެމީފަނަލްގެ މެޗްތައް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ.

އަންހެން ޑިވިޜަންގައި ޖުމްލަ 5 ޓީމަކުން ވާދަކުރާއިރު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެސްއޯ ހާޓް ބީޓް އާއި ޓީއެމްޑީ ގާރލްސްއެވެ.ދެވަނަ ސެމީފައިނަލްގައި ވާދަކުރާނީ ޖީޕީ އެންޖެލްސް އާއި ޑީއީޑީ ގާރލްސްއެވެ.

ޖޫން މަހުގެ 3 ން 10 އަށް ކުރިއަށްދާ މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެ ވެސް ފައިނަލް މެޗް ކުޅެވިގެންދާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ.
މިއަދު އޮންލައިން