ޕްރިޔާންކާ އިންޑިއާއަށް ދިޔައީ ނިވާވެގެން، އެއްޗެކޭބާ އެބުނެލީ؟!

ކިޔުމަށް ހޭދަވާނީ 1މ 29ސ
ޕްރިޔާންކާ އިންޑިއާއަށް ދިޔައީ ނިވާވެގެން، އެއްޗެކޭބާ އެބުނެލީ؟!
ދާދި ފަހުން ބޮލީވުޑް ގެ މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްރާ އަށް ވަނީ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކާއި ނުރުހުމާއި ކުރިމަތިލާން ޖެހިފައެވެ.

އޭގެ ތެރެއިން އެއްކަމަކީ ޖަރުމަނުގައި އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އާއި ޕްރިޔާންކާ ބައްދަލު ކުރި އިރު، ޕްރައިމް މިނިސްޓަރ ގެ ކުރިމަތީގައި ކުރުހެދުމެއް ލައިގެން އިނުމެވެ. ގިނަ ބަޔަކު ވަނީ ޕްރިޔާންކާ ގެ އެއަމަލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ތިމާއަށްވުރެ އުމުރުން ދުވަސްވީ މީހުންގެ ކުރިމަތީގައާއި އަދި ޚާއްސަކޮށް ޤައުމުގެ ޕްރައިމް މިނިސްޓަރ ކުރިމަތީގައި އެފަދައިން ހެދުން އަޅައިގެން އިނުމަކީ ވަރަށް ވިޔާނުދާ ޢަމަލެއް ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މީހުންގެ އެފާޑު ކިޔުންތަކަށް މާބޮޑު އަޅާލުމެއް ޕްރިޔާންކާ ނުދިންނަމަވެސް ރޭގެ ވަގުތެއްގައި ޕްރިޔާންކާ އެނބުރި އިންޑިއާ އަށް ދިޔައީ ހަށިގަނޑުގެ ބޮޑުބައެއް ނިވާވެފައިވާ ހެދުމެއް ލައިގެންނެވެ. މިއީ އެފާޑު ކިޔުންތަކާއި މެދު ޕްރިޔާންކާ އަދިވެސް ހިތްހަމަ ނުޖެހިފައިވާކަން ބެލުންތެރިންނަށް ހާމަ ކޮށްދިނުމުގެ ގޮތުން، ޕްރިޔާންކާ ކޮށްފައިވާ ކަމެއްކަމަށް އިންޑިއާ ގެ ބައެއް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.

ނަމަވެސް އިންޑިއާ އަށް ޕްރިޔާންކާ އެނބުރި ގޮސްފައި މިވަނީ ވަރަށް ކުޑަ މުއްދަކަށެވެ. ހަތަރު ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ބައެއް ބްރޭންޑް އެންޑޯސްމެންޓްސް ތަކުގެ ޝޫޓިންގ ކުރުމާއި އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އަލަށް އުފައްދާ ފިލްމުގައި ހަރަކާތްތެރިވުމަށް ސޮއި ކުރުން ވެސް މިމުއްދަތުގެ ތެރޭގައި ކުރުމަށް ޕްރިޔާންކާ ވަނީ ހަމަޖައްސާފައެވެ.
މިއަދު އޮންލައިން