އަރަބި ބައެއް ޤައުމުތަކުން ޤަތަރާއިމެދު މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޤަތަރަށް ހަމްދަރުދީ ފައުޅުކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ބަޙްރައިނުން ނިންމައިފިއެވެ.
މިގޮތުން ދޭ އަދަބުތަކުގެތެރޭގައި 3 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއި 500،000 ދިރުހަމުން ޖުރުމަނާ ކުރުން ފަދަ އަދަބުތައްވެސް ހިމެނެއެވެ. އަދި ޖަލަށްލުމާއިއެކު ޖުރުމަނާކުރުން ވެސް ހިމެނެއެވެ.
ބަހްރައިނުން ބުނީ ޤަތަރާއި އެއްކޮޅަށް ވާހަކަ ދެއްކުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުޢޫރު ފައުޅުކުރުމަކީވެސް އަދަބުލިބޭނެ ކަމެއް ކަމަށެވެ.
ބަހްރައިނުން މިއަދު މިކަން ހާމަކޮށްފައިވާއިރު ޔޫއޭއީ އިން ވެސް އިއްޔެ ވަނީ މިފަދަ ބޮޑެތި އަދަބު ދޭނެކަން ޢާންމުކޮށް އިއުލާނުކޮށްފައެވެ.