ނަމާދު

ކިޔުމަށް ހޭދަވާނީ 1މ 5ސ
ނަމާދު
ދެވަނަ ރުކުނޭ ދީނުގައި އިސްލާމް ނަމާދު އެއީ ކަތުން
............................ އެވަރު ވިސްނާ ނުތިބެމާ ދުރުހެލިވެގެން މިކަމާ ކަތުން،
ކޮންމެ މުސްލިމަކަށް ކުރެއްވިޔެ ފަސްނަމާދު ފަރުޟު މިތާ
............................ އޮންނަ ވަގުތަށް ފަސްނުޖެހި ގޮސް ކޮށްލަމާހޭ އަޅުތަކުން،
ދިންނެވުން މަޙުޝަރު ބިމުން އެދިގެން ކުރާށޭ ހެޔޮ ޢަމަލް
............................ ދިންނެވުން އެދި ސަޖިދަޔަށް ތިރިވޭ ތިލޮބުވެތި އަޅުތަކުން
ޖަންނަތުން އެދިގެން ހިޔާ ރައްބީގެ މަތިވެރި ޙަޟުރަތަށް
............................ ދަންނަވާ ނިމިނެތް ދުޢާ ނިޔަތާއެކީ ހެޔޮ އަޅުތަކުން
ހަރުދަނާ ކޮށްގެން ޢަޤީދާ ތިބެ ހިތާ ޢަމަލުން މިތާ
............................ މަރު ހަނދާން ކޮށްގެން ނަމާދު ކުރާށެވީ ތިޔަ އަޅުތަކުން
ހަމަޖެހުން ހިތަށާ ސިކުނޑިޔަށް ލިބިދެޔޭ ކުރުމުން މިކަން
............................ ރަމަތަވޭ މުޅި ބިން އެކީ ބަންގީގެ އަޑު އިވި އަޅުތަކުން
ނަފުސު ޠޯހިރު ކޮށްދެޔޭ ކުއްތަން ވުމުން މާތް ޙަޟުރަތަށް
............................ ޢަފުލަތުން ދުރުކޮށް ސަވާބާ ދަރުމަ ލިބިދޭ އަޅުތަކުން
ބަލިތަކާ އާފާތްތަކުން މިންޖުވެ އަމާން ކަން ލިބިދެޔޭ
............................ އަލިމަގެއް ތަގުވާގެ ހިނގުމަށް ފަހިވެދާނޭ އަޅުތަކުން
ފޮހެވިދާނޭ ހަށިގަނޑުން ފާފައިގެ ފަށަލަ ކިލާ މުޅިން
............................ މޮހެވިގެން ކުށްތަކުގެ ގޮށް ތެދުމަގު ލިބޭނޭ އަޅުތަކުން
ރޯދި ބަރަކާތް އިތުރުވެވި ރަޙުމަތުގެ ދޮރު ހުޅުވޭނެޔޭ
............................ ދޯދި އަލި ތަގުވާގެ އެޅި ހިތް ސާފުވާނޭ އަޅުތަކުން
ޢަޞްރު ޠުހުރާ ޞުބުޙި އަދި މަޢުރިބު ޢިޝާ ވަގުތަށް ކުރޭ
............................ ފަސްވަގުތު ނާޅާ ކުރުން ލާޒިމު ވެޔޭ ތިޔަ އަޅުތަކުން
މިއަދު އޮންލައިން