ޅ. ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެކްސް ފުޓްސަލް ޗެލެންޖު 2017 މިރޭ ފަށާނެއެވެ.
އެގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ 21:30ގައި ބައްދަލު ކުރާނީ ބޮމްބާރޑް ޖޫނިއަރ އާއި ޒޮމްބީއެވެ.
ދެވަނަ މެޗުގައި 22:30ގައި ބައްދަލު ކުރާނީ އަޔަން ބޯއީޒް އާއި ޕޮލިސްއެވެ.
ކޮންމެ ރެއަކުވެސް ދެ މެޗު ކުޅުމަށް ތާވަލުކޮށްފައިވާ އިރު، މިއަހަރުގެ މުބާރާތުގައި ވަނީ 11 ޓީމަކުން ބައިވެރިވެފައެވެ.
އެގޮތުން ގްރޫޕް 1 ގައި އެފްސީ ބޮމްބާރޑް، ރިވަރސައިޑް، ޒޮމްބީސް، އަދި ބޮމްބާރޑް ޖޫނިއަރސް ހިމެނޭ އިރު، ގްރޫޕް 2 ގައި ހިމެނެނީ ޕޮލިސް، އަޔަން ބޯއީޒް، ޓޯރާބޯރާ އަދި ސްކޯޕިއަން ރިޓަރންސްއެވެ. އަދި ގްރޫޕް 3 ގައި ހިމެނެނީ އެފްސީ ފްރެންޑްސް، ލަންޑަން އެފްސީ އަދި ޓީމް ފަސްގަނޑެވެ.
މުބާރާތުގެ ސެމީފައިނަލަށް ދާނީ މި 3 ގްރޫޕުން އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމަށް ސީދާ ސެމީފައިނަލުން ޖާގަ ލިބޭ ގޮތަށް ކަމަށެވެ. އަދި ސެމީގެ 4 ވަނަ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށެވެ.
ޖުމްލަ 21 މެޗު ކުޅުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ސެމީފައިނަލުގައި ޓީމުތައް ބައްދަލުކުރާނެގޮތް ކަނޑައަޅާނީ ސެމީއަށްދާ 4 ޓީމުގެ މެދުގައި ގުރުއަތުލައިގެންނެވެ.
ޅ. ހިންނަވަރު އެކްސް ބޯއީސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ.
ކޯ ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީ ހަމަޖައްސާފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރއަކަށް މިއަދުނޫސް، މީޑިއާ ޕާޓްނަރއަކަށް ވީ މީޑިއާ ވަނީ ހަމަޖައްސާފައެވެ.