އިންޑިއާގައި ގެރިިކަތިލުމާއި ގެރިމަހުގެ ވިޔަފާރި ހުއްޓުވަން ކުރެވެމުން އަންނަ މަސައްކަތްތަކާއި ދެކޮޅަށް އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސްޓޭޓް އެސެމްބްލީގައި މަސައްކަތްތައް ފަށައިފިއެވެ.
މެންބަރުން ފާހަގަކުރާ ގޮތުގައި ކެރަލާ ސްޓޭޓަށް ބެލި ނަމަވެސް "ގެރިމަހުގެ ހައިޖާނުތަކުގެ" ތެރެއިން މިހާރުވެސް ވަނީ 500،000 މީހުން ދިރިއުޅެން ކުރާ މަސައްކަތްތަކަށް މައްސަލަތައް ކުރިމަތިވެފައެވެ.
ކެރަލާގެ ސްޓޭޓްގެ ފަސްތަރި ހޮޓާތަކުގައި ދެވޭ ހެދުނުގެ "ބްރެކްފާސްޓް" ގައި ގެރިމަސް ހިމެނޭއިރު ކެއުން ދިނުމަށްވެސް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ.
މެންބަރުން ފާހަގަކުރާ ގޮތުގައި އިންޑިއާގެ އާބާދީގެ ގިނަ ބައަކީ މަހުގެ ބާވަތްތައް ބޭނުންކުރާ މީހުންނެވެ. އަދި ގެރިމަސް ކައި އުޅޭ ހިންދޫންވެސް ބައިވަރެވެ. އެހެންކަމުން ގެރިމަހުގެ ވިޔަފާރި އެކުގައި ހުއްޓުވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި އިޤްޠިޞަދީ ގޮތުންވެސް ކުރެވެން އޮތް ކަމެއް ނޫނެވެ.