އިންޑިއާގަ އޮޓޯ އަށް އަރާ އަންހެނުން ރޭޕްކުރުން އިތުރުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިންޑިއާގަ އޮޓޯ އަށް އަރާ އަންހެނުން ރޭޕްކުރުން އިތުރުވަނީ
އިންޑިއާގެ މުމްބާއީގައި އޮޓޯއަކަށް އެރި 23 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން ފެށުމުން އެކަމާއި ދެކޮޅުހެދުމުން އޮޓޯ އިން ނެރެ މަގުމައްޗަށް އެއްލާލައިފިއެވެ.

މުމްބާއީގައި ހިންގި މިހާދިސާގައި އަނިޔާލިބިފައިވަނީ ބިސްނަސް އެޑް މިނިސްޓްރޭޝަން ކިޔަވަމުން އަމަލީ މަސައްކަތްކުރަމުން ދިއަ އަންހެން ކުއްޖަކަށެވެ. ރޭގަނޑު 9:30 ހައިއިރު އޭނާ އިތުރު ފިރިހެނަކު އިން އޮޓޯއަކަށް އެރީ މަސައްކަތް ނިމިގެން ދާނެ އިތުރު އޮޓޯއެއް ނުލިބިގެންނެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާ އަޑުގަދަކުރަމުން ދިއައިރުވެސް ޑްރައިވަރު އަޅައި ނުލާކަމަށާއި އަންހެން ކުއްޖާގެ އަޑު އެހެން މީހުންނަށް އިވޭ ހިސާބަކަށް ދެވުމުން ޑްރައިވަރާއި އެމީހާ އާއި ދެމީހުން ވެގެން އޭނާ އޮޓޯ އިން ނެރެ މަގުމައްޗަށް އެއްލައިލީ ކަމަށެވެ.

މީގެ ހަފްތާއެއްހައި ދުވަސްކުރިންވެސް ވަނީ މިފަދަ ހާދިސާއެއް ހިންގައިފައެވެ. އެހާދިސާގައި 9 މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން އޮޓޯއަށް އެރި އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ ތެރޭގައި ދަރިފުޅު އަތުލައި އޮޓޯއިން އެއްލައިލުމުން ދަރިފުޅު ވަނީ މަރުވެފައެވެ.

އިންޑިއާގެ ރަށްފުށު ބައެއް ސަރަހައްދުތަކުގައި ރޭގަނޑުގެ ވަގުުތުތަކުގައި އޮޓޯ ނުލިބުމުން ގިނަ ބައަކު އެއް އޮޓޯއެއްގައި ދަތުރުކުރެއެވެ. ހާލަތު މިހާރު ހުރި ގޮތުން މިއީ މިހާރު ކުރަން ރަނގަޅު ކަމެއް ނޫނެވެ.
މިއަދު އޮންލައިން