މުސްލިމުންގެ ޝަރީޢާ، އިސްލާމީ ޝަރީއާ އާއި ދެކޮޅަށް އެމެރިކާގެ 20 ސްޓޭޓެއްގެ 28 ސިޓީއެއްގައި މިއަދު މުޒާހަރާކޮށްފިއެވެ.
އެމީހުން ބުނަމުން ގެންދިއައީ އިސްލާމީ ޝަރީޢާ އަކީ މިޒަމާނުގެ ޑިމޮކްރަސީއަށް އެއްވެސް ވަރަކަށް ފެތޭ އެއްޗެއް ނޫން ކަމަށާއި އިސްލާމީ ޝަރީޢާ ނައްތައިލަންޖެހޭ ކަމަށެވެ.
މުޒާހަރާގައި ބޭނުންކުރި ބައެއް ލިޔުންތަކުގައިވަނީ އިސްލާމީ ޝަރީއާ އަކީ "---" ކަމަށެވެ. އަދި އެ -- އެމެރިކާއަށް އަރުވައިގެން ނުވާނެ ކަމަށެވެ.
ދުނިޔޭގެ ދައްޖާލު އެމެރިކާ އިސްވެ އޮވެ މުސްލިމުންނަށް މިފަދަ ބޮޑެތި ގޯނާތައް ކުރާއިރު އެމެރިކާގައި އިސްލާމީ ޝަރީޢާ ޤާއިމު ނުކުރެވިގެން އެއްވެސް ބައަކު އުޅޭކަމެއް އެނގިފައެއް ނުވެއެވެ. ޝައިޠާނެއް ދުނިޔޭގައިވާނަމަ އެމެރިކާއަކީ އެ ޝައިޠާނާއެވެ.
އިސްލާމީ އުންމަތް ނައްތައިލަން އެމެރިކާ އިން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތައް ނުއެނގޭ އެއްވެސް ބައަކު ނެތެވެ. ދުނިޔޭގެ ތާރީޚު އެކަމަށް ފުރިހަމައަށް ހެކިވެއެވެ. ޔަހޫދީންނަށް ބާރުދީގެން އިސްލާމީ އުންމަތާއި ދެކޮޅަށް ހަރަކާތްތެރިކުރުވަނީ ވެސް ހަމަ އެމެރިކާކަން އެއީ އެއްވެސް ބައަކަށް އޮޅިފައިވާ ކަމެއް ނޫނެވެ.