މަރު

ކިޔުމަށް ހޭދަވާނީ 1މ 13ސ
މަރު
ކޮންމެ ދިރުމެއް ކައުނުގައި ލައްވާފަވާ މަރުވާނެޔޭ
......................... އޮންނަ ހަމައިން ވަގުތު ޖެހުމުން ވަކިވެދާން ޖެހިދާނެޔޭ،
ވަގުތު އެނގިފައި ނުވިޔަކަސް މަރުވާނެ ދުވަހެއް ނޭގުނަސް
.........................ވަގުތު ޖެހުމުން މަރު އައިސް ގެންދާ ވަގުތު ޖެހިދާނެޔޭ،
އުސްބިނާ، ގަނޑުވަރުތަކާ، އަދި ބާލުޚާނާ ހުއްޓަކަސް
.........................ހުސްއަތާ ކަފުނުގެ ތެރޭ އޮންނަން ވަކިވެ ދާން ޖެހިދެޔޭ،
ވެރިކަމާ، މަތިވެރިނަމާ، ލިބި ހަށިފުޅާ ކޮށް އުޅުނަކަސް
.........................މެރި ދެލޯ ޢުމުރަށް އެކީ ބަރުޒަޚުގަ އޮންނަން ޖެހިދެޔޭ'،
ބާރުލިބި ކިއްލާތެރޭ ދަހަނާ ދަގަނޑު ލައި ތިއްބަކަސް
.........................ބާރު ފުނޑުކޮށް މަރުއައިސް ގެންދާ ވަގުތު ޖެހިދާނެޔޭ،
ހަށި ފުރާ ނޭވާލަމުން ދުވަމުން އުފާކޮށް ހެދިޔަކަސް
.........................ހަށިގަނޑުން ނޭވާ ނިކުމެދާ ވަގުތު އައިސް ޖެހިދަނެޔޭ،
ފިކުރުކޮށް ތަދުބީރު މޮޅު އެކި ގޮތްގޮތަށް ތިބެ ރޭވިޔަސް
.........................ނިކުމެގެން ތަގުދީރުގައި ލިޔެ އޮތްގަތަށް ދުނިޔޭން ދެޔޭ،
ފޯވެ އެދުމުން ދުނިޔަވީ ޢަރަގުވެ މިބިމުގައި އުޅުނަކސް
.........................ފޯވެ ގިލަނުން މަރުގެ ގޮސް ސަހަރާތެރޭ އޮންނަން ދެޔޭ،
ގުދުރަތީ ގާނޫނު މީ މިކަމަށް ނެތޭ ބަދަލެއް އައުން
.........................ގުދުރަތީ މި ހަގީގަތާ ކުރިމަތިލުމަށް ދާން ޖެހިދެޔޭ،
މަންޒިލެއް ވަގުތީ މިއީ ދާއިމް ހަޔާތެއް ނޫނެ މީ
.........................މަންޒިލަށް ދާން ދާއިމީ ވަގުތާ ދުވަސް ޖެހިދާނެޔޭ،
ފާލަމުން ވަގުތީ ދަތުރު ހެދުމަށް އަވަދި ނެތި އުޅެނިކޮށް
.........................ޢާލަމަށް ދާން އުޚުރަވީ މަލަކަލްމައުތު އިއްވާނެޔޭ،
"ކޮންމެ ނަފުސެއް ވެސް ދެކޭނެޔެ މަރުގެ ރަހަ" މީ އާޔަތެއް
.........................އޮންނަ މާތް ޤުރުއާނުގައި މިކަމާ ދެކޮޅު ނެހެދޭނެޔޭ،
މިއަދު އޮންލައިން