ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ރަމަޟާން ބިލިއާޑް ޗެމްޕިއަންޝިޕްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ އާދަމް ނަސީމް ހޯދައިފިއެވެ.
އާދަމް ނަސީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ހުސެއިން އަކްރަމް 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ގޭމް ޙުސައިން އަކްރަމް ކާމިޔާބުކުރި ނަމަވެސް އާދަމް ނަސީމް ވަނީ ކުޅުން ރަނގަޅުކޮށް ޖެހިޖެހިގެން 5 ގޭމް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވާ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޕްރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ.މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ އާދަމް ނަސީމް އާއި ސްޕެސަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ހުސެއިން އަކްރަމް އާއި މުހައްމަދު ޝާހީން އާއި އިންސްޓަލޭޝަން ސެކިއުރިޓީ ޑިޕާޓްމަންޓްގެ އިސްމާއިލް ނާޒިމް އާއި ހުސައިން އުޝާމްގެ އިތުރުން ޑްރަގް އެންޑްފޯސްމަންޓް ޑިޕާޓްމަންޓްގެ އާދަމް އަހުމަދުއެވެ.
މި މުބާރާތުގެ އެންމެ ގިނަ ބްރޭކިންގ ރަންއައުޓްސް ހެދި ކުޅުންތެރިޔަކަށް އާދަމް ނަސީމް ހޮވިފައިވާއިރު މި މުބާރާތުގެ ތިންވަނަ ހޯދި ކުޅުންތެރިޔަކީ ހުސައިން އުޝާމްއެވެ.
ޙަބަރު : ޕޮލިސް