އެކްސް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ރޭގެ މެޗުތައް ބޮމްބާރޑް ޖޫނިއަރސް އާއި ޕޮލިސް ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
އެކްސް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ރޭގެ މެޗުތައް ބޮމްބާރޑް ޖޫނިއަރސް އާއި ޕޮލިސް ކާމިޔާބުކޮށްފި
އެކްސް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ރޭގެ މެޗުތައް ބޮމްބާރޑް ޖޫނިއަރސް އާއި ޕޮލިސް ކާމިޔާބުކޮށްފިއެވެ.

ޅ. ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗު ބޮމްބަރޑް ޖޫނިއަރސް އިން ކާމިޔާބުކުރީ ޒޮމްބީސް އާބައްދަލުކޮށް 7 ލަނޑު 4 ލަނޑުންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ ބޮމްބާރޑް ޖޫޏިއަރސްގެ ޖާރޒީ ނަމްބަރ 16 މުޙައްމަދު މަޢާލް އެވެ.

ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ އަޔަން ބޯއީސް އާއި ޕޮލިސް ޓީމެވެ. މި މެޗު 5 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ ޕޮލިސް ޓީމެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ ޖާރޒީ ނަމްބަރ 12 ފަރުހާދު އިބްރާހިމްއެވެ.

ރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ހިންނަވަރު ކައުންސިލު މެމްބަރ ފިރާޒް އިސްމާޢިލް އެވެ.

މި މުބާރާތުގައި މިރޭވެސް ދެމެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން 21:30 ގައި ބައްދަލު ކުރާނީ ގްރޫޕް 1 ގައި ހިމެނޭ ރިވަރސައިޑާއި އެފްސޯ ބޮމްބާރޑެވެ. އަދި 22:30 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓޯރާ ބޯރާ އާއި ސްކޯޕިއަން ރިޓަރންސްއެވެ. މިއީ ގްރޫޕް 2 ގެ މެޗެކެވެ.

ކޮންމެ ރެއަކުވެސް ދެ މެޗު ކުޅުމަށް ތާވަލުކޮށްފައިވާ އިރު، މިއަހަރުގެ މުބާރާތުގައި ވަނީ 11 ޓީމަކުން ބައިވެރިވެފައެވެ.

ޅ. ހިންނަވަރު އެކްސް ބޯއީސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ.

ކޯ ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީ ހަމަޖައްސާފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރއަކަށް މިއަދުނޫސް، މީޑިއާ ޕާޓްނަރއަކަށް ވީ މީޑިއާ ވަނީ ހަމަޖައްސާފައެވެ.
މިއަދު އޮންލައިން