ހެއްލެން ނުދާށޭ!

ކިޔުމަށް ހޭދަވާނީ 43ސ
ހެއްލެން ނުދާށޭ!
ދުނިޔެ ދައްކާ ކުލަވަރަށް ހެއްލެން ނުދާށޭ ވިސްނަމާ!
.................... ފުނިޖެހޭ ގެއްލުންތަކުން މިންޖުވެ ތިބެން ވިސްނާލަމާ!
ދަތުރެކޭ ވަގުތީ މިއީ މިދަތުރު އަމާންކުރުމަށްޓަކައި
.................... އަތު ގުޅާލައިގެން ހިގަން ސީދާމަގުން ވިސްނާލަމާ!
ދުރުވެ ތިބެ ޖާހިލުކަމާ ޢަފްލަތުގެ ނުރަނގަޅު ވިސްނުމުން
.................... ހުރުމަތާ ޝަރަފުގެ ލަގަބު ހޯދާށެ ދުނިޔޭން ވިސްނަމާ!
ސުލްޙަޔާ ހިތްތިރިކަމުގެ ވާށޭ ނަމޫނާޔަށް ތިމާ
.................... ޒުލްމުނެތި އުޅުމަށް އަމާން ވެއްޓެއް ލިބޭތޯ އުޅެލަމާ!
ނިކަމެތިންގެ އެހީތަކަށް ހިތްހެޔޮ ކަމާއެކު ވިސްނަމުން
.................... ބިކަ ހިނގަން ނުޖެހޭގޮތަށް ދީލަތި އަތެއް ދިއް ކޮށްލަމާ!
ދިންނަވާނޭ މަގު ސިރާތަލް މުސްތަގީމް ކަމުގައި ބަލާ
.................... ދިންނެވުން އެ ބިމުން އަދާ ރޫހާ ހިތުން އަތް އުފުލަމާ!
ހެޔޮ ޖަޒާ ދެއްވާށި އާމީން! ރަޙްމަތުއް ލިލްޢާލަމީން
.................... ހެޔޮ މަގުން މިދަތުރު ކުރަން އަޅަމެން އެކީ އަތް ގުޅުވަމާ!
މިއަދު އޮންލައިން