ޓެރަރިޒަމާ ގުޅުންހުރި ފަރާތްތަކުގެ އެކައުންޓްތައް ފްރީޒް ކުރަން ބަހުރައިނުން އަމުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޓެރަރިޒަމާ ގުޅުންހުރި ފަރާތްތަކުގެ އެކައުންޓްތައް ފްރީޒް ކުރަން ބަހުރައިނުން އަމުރުކޮށްފި
ޤަތަރުގެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކާއި އެސެޓްތައް ފްރީޒްކުރަން ބަޙްރައިނުގެ ސެންޓްރަލް ބޭންކުން އެ ޤައުމުގެ ހުރިހާ މާލީ މުއައްސަސާތަކަށް އަމުރުކޮށްފިއެވެ.

ސެންޓްރަލް ބޭނުންކުން ނެރުނު އަމުރުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ 59 މީހުންގެ އާއި 12 ޖަމިއްޔާގެ ބޭންކް އެކައުންޓްތަކާއި އެސެޓްތަކާއި މާލީ އިންޝުއަރަންސްތަކާއި ފިނޭންޝަލް ބޮންޑްތަކާއި ވިޔަފާރީގެ ހުރިހާ މުއާމަލާތުތަކެއް ފްރީޒްކުރަން ގުޅުންހުރި ހުރިހާ މާލީ އިދާރާތަކަށް އަމުރުކުރާ ކަމަށެވެ.

މި ހުރިހާ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކާއި މުއާމަލާތުތަކާއި އަދި އެސެޓްތަކާއި އެނޫންވެސް މާލީ މައުލޫމާތުތައް ސެންޓްރަލް ބޭންކަށް ރިޕޯޓް ކުރުމަށްވެސް ސެންޓްރަލް ބޭންކުން ވަނީ އަމުރުކޮށްފައެވެ.
މިއަދު އޮންލައިން