ކޮންމެ ކަމަކަށްވެސް ތިމާ ކެތްތެރިވުމީ ހަމަ އޮތްކަމެއް
................. ކޮންމެ ހާލެއްގައި އުޅެންޖެހުނަސް މިއީ ހަމަ އޮތްކަމެއް
ދުނިޔަވީ ދިރިއުޅުމުގައި އެކިއެކި ހުރަސް ބޯމަތިވިޔަސް
................. ދުނިޔެ ހިނގަމުންދާ ގޮތަށް ވިސްނައިލުމީ ހަމަ އޮތްކަމެއް
ވިސްނަމުން އަނެކާގެ ހާލާމެދު އެހީތެރިކަން ދެމުން
................. ވިސްނުމާ ސިކުނޑީގެ ބޭނުން ހިފުމަކީ ބޭނުން ކަމެއް
ކޮންމެ ހާލެއްގައި އުޅެން ޖެހިދާނެކަމުގައި ވިސްނަމުން
................. އޮންނަ ހަމައިން އެކަމަކަށް ކުރިމަތިލުމީ ހަމަ ވާޖިބެއް
ބަދަލުވާ މިހަޔާތުގައި އެކި ކަހަލަ ތޫފާންތައް އަޔަސް
................. މަދަދުއެދި އަތް އުފުލަމުން ކުރިއަށް ދިއުން ލާޒިމްކަމެއް
ސަބުރުވެރި ފޭރާމުގައި އުޅުމީ ރަނގަޅު ނަލަ އާދައެއް
................. އަބުރުވެރި ކަމުގައި އުޅެން ދަސްކުރުމަކީ ބޭނުންކަމެއް
ބަދަލުވާ ދުނިޔޭގެ އެކި ހާލަތްތަކަށް ކުރިމަތިލަމުން
................. ބަދަލުވާ އޮއިވަރު ބަލާ ދަސްކުރުމަކީ ބޭނުންކަމެއް
ވާށެ ކެތްތެރި ދަރިއަކަށް ގައުމުގެ ވަފާތެރި ދަރިއަކަށް
................. ދާށެ ސީދާ ތެދުމަގުން ރަނގަޅަށް އުޅުން މީ އޮތްކަމެއް