ދިވެހި ޤައުމީ ބެޑްމިންޓަން ޓީމު މޮރިޝަސްއަށް ފުރައިފި

ކިޔުމަށް ހޭދަވާނީ 51ސ
ދިވެހި ޤައުމީ ބެޑްމިންޓަން ޓީމު މޮރިޝަސްއަށް ފުރައިފި


ދިވެހި ޤައުމީ ބެޑްމިންޓަން ޓީމު މޮރިޝަސްއަށް ފުރައިފިއެވެ.
މޮރިޝަސްބެޑްމިންޓަން ސީރީސްގައި ރާއްޖެއިން ވާދަކުރާ ފިރިހެންކުޅުންތެރިންނަކީ ޒުވާން ދެ ކުޅުންތެރިންކަމަށްވާ ނިބާލް އަހުމަދާއިމުހައްމަދު އަރްސަލާން އާއި ސީނިއަރ ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީއާއި މުހައްމަދު އަޖުފާންއެވެ.

އަންހެން ކުޅުންތެރިންނަކީ ނީލާ ނަޖީބު، ނަފްހާ ނަސްރުﷲ، މައިސާފަތުހުﷲ،އައިމިނަތު ޝަހުރުނާޒް އަދި ދެބެން ކަމަށްވާ ފާތިމަތު ނަބާހާއާއިއައިމިނަތު ނަބީހާ އެވެ.
މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 15 ވާ ބްރާސްފަތި ދުވަހުއެވެ. އަދި ނިމޭނީ 18 ވަނަ ދުވަހުއެވެ.

2019 ވަނައަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެލް ގެނައުމުގެ މަޤުޞަދުގައި ދިވެހި ޤައުމީ ބެޑްމިންޓަން ޓީމު މަސައްކަތް ފަށާފައިވާ އިރު،ކުރިއަށްއޮތް އެއްއަހަރު ޤައުމީބެޑްމިންޓަން ޓީމުގެ ހަރަކާތްތަކާއި ލޯކަލްމުބާރާތްތަކުގެ ބޭންކިންގޕާޓްނަރއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މޮރިޝަސްކޮމަރޝަލް ބޭންކެވެ.


މިއަދު އޮންލައިން