ޢަލީ ފާސިރު ސެންޓޭ އާއި އަޙްމަދު ޢަބްދުﷲ ލިލީ ޖަހައިދިން ގޯލުން ބޫޓާންގެ މައްޗަށް ކުރިހޯދައިފިއެވެ.
އޭޝިއަންކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ކުޅުނު މެޗު ދިވެހި ޓީމުން ކާމިޔާބުކުރީ ދެލަނޑު ސުންލަނޑުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުނިމެން އުލެނިކޮށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ސެންޓޭއެވެ. ދެވަނަލަނޑު ޖަހައިދިނީ ހަމްޒާގެ މޮޅުކުޅުމާއެކު ލިލީ އެވެ.