ރުޅިމަޑުކުރުން

ކިޔުމަށް ހޭދަވާނީ 44ސ
ރުޅިމަޑުކުރުން
އަޅުކަމުގެ މާތް މައްސަރޭ ރުޅި އިސްނުކޮށް ކުރިޔަށް ދަމާ!
............................ އަޅުކަމުން ރަމްޟާންމަހުގެ ބަރަކާތް އިތުރުކުރަމުން ދަމާ!
ހިތްތަކާ ސިކުނޑިން ކިލަނބުކަން ފިލުވުމުގެ މީ މައްސަރޭ
............................ ހިތްތަކުން ރުޅިވެރިކަމާ ނަފްރަތު އެކީގައި ފޮހެލަމާ!
ދިންނެވުން އެދި ނަރަކައިން ތައުބާވުމުގެ މީ މައްސަރޭ
............................ ދިންނަވާނޭމަގު ޚިޔާރުކުރަން ކަތުންނޭ ވިސްނަމާ!
ހިތުގެ އީމާނކަން ޢަގީދާ އިތުރުކުރުމުގެ މައްސަރޭ
............................ މިތުރުނާއެކު ހެޔޮހިތުން އަޅުކަން ވެވޭތޯ އުޅެލަމާ!
އެކުވެރިން އަދި އާއިލާ ގުޅި ލާމެހެންވީ މައްސަރޭ
............................ އެކުވެ އޮތް ރުޅިވެރިކަމެއް ގެ ކިލާ މުޅިންހެން ދޮވެލަމާ!
ހަސަދަޔާ ފިތުނައިގެ ހިރަފުސް މީ ފޮޅަންވީ މައްސަރޭ
............................ ނަސަބު މޮޅުދެރަ ފަރަގު ނުކުރަން އަޒުމަކާއެކު ވިސްނަމާ!
ދަރުމަޔާ ރަހްމަތުގެ ދޮރުމީ ހުޅުވިފައިވާ މައްސަރޭ
............................ ކަރުނަޔާއެކު ސަޖިދަޔަށް ތައުބާވުމަށް ކުރިމަތިލަމާ!
ޔާއިލާހީ އަޅަމެނަށް މިމަހުގެ ސަވާބާ ނިއްމަތާ
............................ ދާއިމަށް ދެއްވުން އަދައި ކުރަމުން ދުޢާ އަޑު އުފުލަމާ!
މިއަދު އޮންލައިން