ލަންޑަންގައި ހުރި އުސް ޢިމާރާތެއްގައި އަލިފާން ރޯވެއްޖެ
ލަންޑަންގައި ހުރި އުސް ޢިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިއީ ހުޅަނގު ލަންޑަންގައި ހުރި 24 ފަންގިފިލާގެ ޢިމާރާތެކެވެ.
މިހާތަނަށް އައި އިރު، 30އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އެ ޢިމާރާތުގެ ތެރޭގައި އަދިވެސް މީހުން ތާށިވެފައި އެބަތިއްބެވެ.
އެ ޢިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ޢިމާރާތުގައި ތިބީ ކިތައް މީހުންކަމެއް ސާފުވާގޮތް އަދިވަނީ ނުވެއެވެ.