އެކްސް ފުޓްސަލް މުބާރާތް: ރޭގެ މެޗުތައް ޓޯރާ ބޯރާ އާއި ލަންޑަން އެފްސީ ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
އެކްސް ފުޓްސަލް މުބާރާތް: ރޭގެ މެޗުތައް ޓޯރާ ބޯރާ އާއި ލަންޑަން އެފްސީ ކާމިޔާބުކޮށްފި

އެކްސް ފުޓްސަލް މުބާރާތް: ރޭގެ މެޗުތައް ޓޯރާ ބޯރާ އާއި ލަންޑަން އެފްސީ ކާމިޔާބުކޮށްފި

ހިންނަވަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޓޯރާ ބޯރާ މެޗު ކާމިޔާބުކުރީ އަޔަން ބޯއީސް އާއިވާދަކޮށް 8 ލަނޑު 2 ލަނޑުންނެވެ.

މި މެޗުގައި އަޔަން ބޯއީސްގެ ލަނޑުތައް ޖަހައިދިނީ ޢަބްދުލްބާރީ ޙަސަން އާއި ޢަބްދުﷲ މުބްތަދާއެވެ. ޓޯރާބޯރާގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަޙްމަދު 2 ގޯލު، އިބްރާހިމް ޝައްމޫނު 2 ގޯލު އަދި އަމާނުﷲ ޙަސަން 4 ގޯލެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ ޓޯރާބޯރާގެ ޖާރޒީ ނަމްބަރ 10 އަމާނުﷲ ޙަސަން އެވެ.

ރޭގެ ދެވަނަ މެޗުގައި ލަންޑަން އެފްސީ ބައްދަލުކުރީ ޓީމް ފަސްގަނޑާއެވެ. މި މެޗު 10 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ލަންޑަން އެފްސީއެވެ.
މި މެޗުގައި ލަންޑަން އެފްސީގެ ގޯލުތައް ޖަހައިދިނީ ޔޫސުފް ޒަހުވީން 3 ގޯލު، އާދަމް ޝަހުބާން 1 ގޯލު، މުޙައްމަދު ރީމާޙް 2 ގޯލު، އަޙްމަދު އާލިމް 2 ގޯލު، މުޙައްމަދު ޢައްޒާމް 1 ގޯލު އަދި ޙުސައިން ޚަލީލު 1 ގޯލެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ ލަންޑަން އެފްސީގެ ޖާރޒީ ނަމްބަރ 5 އަޙްމަދު އާލިމް އެވެ. އޭނާވަނީ މި މެޗުގައި 2 ގޯލު ޖަހާ، 3 ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.

މި މުބާރާތުގައި މިރޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބޮމްބާރޑް ޖޫނިއަރސް އާއި އެފްސީ ބޮމްބާރޑްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްކޯޕިއަން ރިޓަރންސް އާއި ޕޮލިސް އެވެ.

މިއަދު އޮންލައިން