އެކްސް ފުޓްސަލް ޗެލެންޖުގެ ސެމީގެ ފުރަތަމަ ޖާގަ ލަންޑަން އެފްސީ އިން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 43ސ
އެކްސް ފުޓްސަލް ޗެލެންޖުގެ ސެމީގެ ފުރަތަމަ ޖާގަ ލަންޑަން އެފްސީ އިން ހޯދައިފި
އެކްސް ފުޓްސަލް ޗެލެންޖުގެ ސެމީގެ ފުރަތަމަ ޖާގަ ލަންޑަން އެފްސީ އިން ހޯދައިފިއެވެ.

އެޓީމުން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު މެޗު ޓީމު ފަސްގަނޑާއި ބައްދަލުކޮށް 10 ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މި ގްރޫޕުގެ ދެވަނަ ޓީމު ޔަޤީންވާނީ މާދަމާރޭ ކުޅޭ އެފްސީ ފްރެންޑްސް އާއި ޓީމު ފަސްގަނޑު ބައްދަލުކުރާ މެޗަށްފަހުއެވެ.

ގްރޫޕް އޭ އަދި ބީގެ އެއްވަނަ ޓީމު އެނގޭނީ އެ ދެ ގްރޫޕުގެ އެންމެފަހު މެޗަށްފަހުއެވެ. އެއީ އެ ދެ ގްރޫޕުގައިވެސް 3 ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާތީ، މިރޭކުޅޭ މެޗުން ބަލިވާ ޓީމަށްވެސް ގްރޫޕުގެ ފަހު މެޗު ކާމިޔާބުކޮށްގެން ސެމީއަށް ދިއުމުގެ ފުރުޞަތު އޮތީމައެވެ.

ސެމީގެ ފަހު ޖާގާ ޔަޤީންވާނީ ގްރޫޕް ސްޓޭޖުގެ ފަހުމެޗުތައް ނިމޭއިރު، ކޮންމެ ގްރޫޕެއްގެ ދެވަނައިގައިވާ ޓީމުތަކުގެ މެދުގައި ޕްލޭއޮފް ކުޅުމަށްފަހުއެވެ.

ގްރޫޕު ސްޓޭޖުގެ މެޗުތައް މިމަހުގެ 17 ވާ ހޮނިހިރު ދުވަހު ނިމޭ އިރު، ޕްލޭއޮފް މެޗުތައް އޮންނާނީ މި މަހުގެ 18، 19 އަދި 20 ވަނަ ދުވަހުގެ ރެއެވެ.

ޅ. ހިންނަވަރު އެކްސް ބޯއީސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ.

ކޯ ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީ ހަމަޖައްސާފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރއަކަށް މިއަދުނޫސް، މީޑިއާ ޕާޓްނަރއަކަށް ވީ މީޑިއާ ވަނީ ހަމަޖައްސާފައެވެ.
މިއަދު އޮންލައިން