މަރު ޔަގީން

ކިޔުމަށް ހޭދަވާނީ 34ސ
މަރު ޔަގީން
މަރުވާނެކަން ގައިމޭ އެކަން ވިސްނާލަމުން
....................ފަރުދާވެ ނުތިބޭށޭ ތި ލޮބުވެތި މުސްލިމުން
ކިޔަމަން ކަމާ މަޑުމޮޅިކަމާއެކު ހެޔޮހިތުން
.........ހިޔަލުން އެ މާތް ޖަންނަތުގެ އެދި ހެޔޮ ރަހުމަތުން
.................އިޔަހޫދިކަން ފިލުވައިލަމުން ތިޔަ ހިތްތަކުން
...........................ހިޔަހާސް ދުޢާ ކުރަމާ ހިނގާ މުސްލިމް އަޅުން
މެންދަމުގެ ނިންޖާ ރާހަތާ ދޫކޮށްލަމުން
.........މެންދަމުގެ ސުންނަތުގައި ތިބޭށޭ ވިސްނަމުން
.................އެންމެން އެކީ އާމީން ކިޔައި އަތްއުފުލަމުން
...........................ފެންނާނެޔޭ ހެޔޮ މަގު ދެދުނިޔޭން އަޅުތަކުން
ދެއްވުން އަދާ ހެޔޮ މަޢްފިރާ އުޚުތުން އަޚުން
.........ހެއްލުންތަކާ ގެއްލުންތަކާ ދުރުހެލިވަމުން
.................ދެއްވުން ހެވާ ރަހުމަތުގެ މަގު އަތް އުފުލަމުން
...........................ދެއްވާށިއޭ ހެޔޮގޮތް ޔަގީނޭ އަޅުތަކުން
މިއަދު އޮންލައިން