ރޯދަ ހިފުމަށްޓަކައި ހާރުކެއުން ނުވަތަ ކައި ބޮއިހެދުން ފަތިސްނަމާދުގެ ވަގުތާއި ހަމައަށް ހުއްދަ ކަމަށާއި އެހެން ނަމަވެސް ބަންގީގެ 10- 20 މިނިޓްކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ފަރިއްކުޅުއްވުންތައް ހުއްޓަވައިލެއްވެވިއެވެ.
ރިވާޔަތުގައިވާގޮތުން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ފަރިއްކުޅުއްވުންތައް ހުއްޓަވައިލެއްވުމާއި ބަންގިއާއި ދެމެދުގެ ވަގުތަކީ ކީރިިތި ޤްރްއާނުން 50 އާޔަތް ކިޔަވާހައި ވަގުތެވެ. އެއީ 10 ވަރަކަށް މިނިޓާއި 20 ވަރަކަށް މިނިޓާއި ދެމެދުގެ ވަގުތެވެ.
ކައި ބޮއި ހެދުން ބަންގީގެ ވަގުތާއި ހަމައަށް ހުއްދަވެގެންވުމަކީ އިމާމާ ބަނގި ގޮވަން ފަށަންދެން ކައި ބޮއި ހަދަންޖެހޭ ސަބަބެއް ނޫނެވެ. އަދި ފަހުން ހޭލެވޭ މީހާ ނުކައި ނުބޮއި ހުރުމެއްވެސް ނެތެވެ.
(މިހާރުގެ ކަލަންޑަރުތަކުގައި އިމްސާކުގެ ވަގުތު ބަޔާން ނުކުރި ނަމަވެސް އިމްސާކުގެ ގޮތުގައި ކަލަންޑަރުގައި ވަގުތު ކަނޑައަޅާފައި ހުންނަނީ މިކަންކަމަށް ރިޢާޔަތްކޮށްގެންނެވެ.)
(އައްޝައިޚް އާދަމް ޝަމީމް ދެއްވި ދަރުސަކުން ނަގާފައި)