މަރްޔަމް އުއްމު ޢީސާގެ ނަމުން އަބޫދާބީގެ މިސްކިތަކަށް ނަންދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަރްޔަމް އުއްމު ޢީސާގެ ނަމުން އަބޫދާބީގެ މިސްކިތަކަށް ނަންދީފި
އަބޫދާބީގެ މިސްކިތަކަށް "މަރްޔަމް އުއްމު ޢީސާ"، (ޢީޞާގެފާނުގެ މަންމާފުޅު މަރްޔަމް) ގެ ނަމުން އަބޫދާބީގެ މިސްކިތަކަށް ނަންދީފިއެވެ. މިމިސްކިތަށް ކުރިން ކިޔަނީ ޝައިޚް މުޙައްމަދު ބިން ޒައިދު މިސްކިތެވެ.

މިސްކިތުގެ ނަން ބަދަލުކުރީ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ އަމުރުފުޅަށެވެ. ބޭނުންފުޅެއް ކަމަށް ވިދާޅުވެފައިވަނީ މުސްލިމުންނާއި ކްރިސްޓިއަނުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.

މިކަމާއި ގުޅިގެން ކްރިސްޓިއަން ބައެއް ފައްޅިތަކުގެ ބޮޑުން ވަނީ މަރުހަބާ ކިޔާފައެވެ. އެމީހުން ބުނަނީ މިކަމުންވެސް އެނގިގެން ދަނީ މުސްލިމުންނާއި ކްރިސްޓިއަނުންގެ މެދުގައި އެއްބަސްވާ ކަންތައްތަކެއް އެބަހުރިކަން ކަމަށެވެ.

މުސްލިމުންނަކީ އެއްވެސް އިރެއްގައި ޢީޞާގެފާނަކީ މަރިޔަމްގެފާނުގެ ދަރިކަލެއްކަމަށް ޤަބޫލުނުކުރާ ބައެއް ނޫނެވެ. އެއީ ކީރިތި ޤްރްއާނުން އެނގި ސާބިތުވާ ކަމެކެވެ. ނަމަވެސް މުސްލިމުންނަކީ އެއްވެސް ހާލެއްގައި ޢީސާގެފާނަކީ ﷲ ގެ ދަރިކަލެއް ކަމަށް ޤަބޫލުކުރާނެ ބައެއް ނޫނެވެ.

ކްރިސްޓިއަނުން ކިތަންމެ ބޮޑު ދޮގެއް މިކަމުގައި ހެދި ނަމަވެސް މުސްލިމުން އެކަން ޤަބޫލެއް ނުކުރާނެއެވެ. ކީރިތި ޤްރްއާނުން އެކަން ސާބިތުވާތީއެވެ.

ދަލީލަކަށް އިޚްލާޞް ސޫރަތް އެކަނިވެސް ފުދެއެވެ. އިޚްލާޞް ސޫރަތުގެ 3 ވަނަ އާޔަތުގައި "އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ." އޮތުމާއިއެކު ފުރަތަމަ އާޔަތުގައި ވަނީ މާތް ﷲ އަކީ އެއްކައުވަންތަ ކަލާނގެ ކަމަށެވެ.

އެހެންކަމުން މާތް ﷲ އަށް އެއްވެސް ދަރިކަލެއްވާކަމަށް ދުވަހަކުވެސް މުސްލިމުން ޤަބޫލެއް ނުކުރާނެއެވެ.
މިއަދު އޮންލައިން