ފަހުދިހަޔަށް ސަލްމާން ރަސްގެފާނު މައްކާއަށް ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ފަހުދިހަޔަށް ސަލްމާން ރަސްގެފާނު މައްކާއަށް ވަޑައިގެންފި
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް މައްކާގެ ހަރަމްފުޅު އަރިހުގައި ހޭދަކުރެއްވުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މައްކާއަށް ވަޑައިގެންފިއެވެ.

ޙަރަމްފުޅާއި އިންވެގެން ދާދި ކައިރީގައި ހުންނަ އަލް ސަފާ ގަނޑުވަރުގައި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ހޭދަކުރެއްވުމަކީ ސައުދީ ރަސްކަލުން ޢާންމުކޮށް ކުރައްވަމުން ގެންދަވާ ކަމެކެވެ.

މިކަމުގެ ބޭނުމަކީ ފަހުދިހައިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ބޭނުން ބޮޑުންނަށާއި ޢާންމުރައްޔިތުންނަށް އަންގަވައިދެއްވުމެވެ.

ރަސްކަލުން މިގޮތަށް މަޑުކުރައްވަވާއިރު އެ އަހަރަކު އުމުރާއަށް ދާ އެހެން ޤައުމުތަކުގެ ބޮޑުންނާއި އަދި ސައުދީ ސަރުކާރުން ދައުވަތުދީގެން އުމުރާއަށް ދާ މީހުންނާއި ބައްދަލުކުރައްވަވައެވެ. ރޯދަވިއްލުމާއި ޖާފަތްތައް ދެއްވަވައެވެ.
މިއަދު އޮންލައިން