ލަންޑަން ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 150 އަރާކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ލިލީ އެލެން ބުނެފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ލިލީ ބުނީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާގައި މަރުވި މީހުންގެ އަދަދު 150 އަށް އަރައެވެ. ނަމަވެސް ސަރުކާރާއި މީޑިއާތަކުން އެކަން އޮޅުވާލަނީ ކަމަށެވެ.
މިމޭރުމުން އެހެން ބައެއް ފަރާތްތަކުން ގެންދަނީ ވާހަކަދައްކައި ކަންބޮޑުވުން ފައުޅުކުރަމުންނެވެ. މިހައިތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު ހާދިސާގައި މަރުވީ 17 މީހުންނެވެ.