ބިރުވެތިވޭ- އެ ބޮޑު ޓަވަރު އަނދައިދިއައީ ފްރިޖެއްގަ ރޯވި އަލިފާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ބިރުވެތިވޭ- އެ ބޮޑު ޓަވަރު އަނދައިދިއައީ ފްރިޖެއްގަ ރޯވި އަލިފާނުން!
އިނގިރޭސިވިލާތުގެ ލަންޑަން ޓަވަރުގައި ރޯވެ އެޓަވަރުގެ ބޮޑުބައެއް އަނދައި އެތައް ބައަކު މަރުވެ އަދި އެތައް ބައަކު ފިހިގެން އެދިއައީ ފްރިޖެއްގައި ރޯވި އަލިފާނުންނެވެ.

މިހައުތަނަށް ލިބިފައިވާ ރިޕޯޓްތަކުން ބެލެވޭ ގޮތުގައި އަލިފާން ފުރަތަމަ ރޯވީ އުމުރުން 44 އަހަރުގެ ޓެކްސީ ޑްރައިވަރު ކެހައިލޫ ބެހެޑޭ ދިިރިއުޅޭ ފްލެޓްގެ ބަދިގޭގައި ހުރި ފްރިޖެއްގައެވެ. އޭނާ ދިރިއުޅުނީ 16 ވަނަ ބުރީގައެވެ.



އަލިފާންގަނޑު ފެނުމުން އޭނާ ވަނީ ޖެހިގެންހުރި ފްލެޓްތަކުގައި އުޅޭ މީހުން ހޭލައްވައި ސަލާމަތްކުރަން މަސައްކަތްކޮށްފައެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް ޔަޤީން ނުކުރެވޭއިރު ގިނަ ބައަކަށް ވީގޮތެއް އަދިވެސް އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން