ހިތްމަތަކުރަން ނިތްތިރިކުރާށެވެ!

ކިޔުމަށް ހޭދަވާނީ 47ސ
ހިތްމަތަކުރަން ނިތްތިރިކުރާށެވެ!
ހިތް ގޮވާ ހުރިހާ ގޮވެއްޔެއް އަޑުއަހަން އަދު ނޫޅެމާ!
...........................ނިތް މުޅިން ތިރިކޮށްލަމުން އެގޮވެލި ހަނދާން ނައްތާލަމާ!
ދުނިޔެ ދޭ ޢިބްރަތްތަކާ އެކި ތަޖްރިބާއަށް ވިސްނަމުން
...........................ދުނިޔެމީ ވަގުތީ ތަނެއްކަން ދަނެ ދަތުރު ފަހިކޮށްލަމާ!
ހިތުގެ ޖަޒްބާތްތައް އުތުރި ތިލަވާ ވަގުތު އައިސްގޮސް ވިޔަސް
...........................އިތުރު ބާރާ ޖޯޝަކާއެކު ގޮސް އެކަން އޮއްބާލަމާ!
ފިކުރު އޮޅި ދާ މަގު އޮޅޭގޮތް ފަހަރުގައި ކުރިމަތިވިޔަސް
...........................ސިކުނޑި ތެންމާލަން ޢިބާދާތުގެ ފެނުން ވިސްނާލަމާ!
ކަރުނަތައް އޮހޮރޭ ލޮލުން ދޫދޭނެޔޭ ނަފުސާ ހިތަށް
...........................ކަރުނައިން އެ ލިބޭ ޝިފާއިން ރޫހު ތާޒާކޮށލަމާ!
ރާހަތާއި އަރާމު ދޫކޮށް ދަންވަރުގެ ފިނި ތަންމަތިން
...........................ރާހަތެއް މަހުޝަރު ބިމުން އެދިހެޔޮ ދުޢާ ކުރިމަތި ލަމާ!
ހިތްކުރަން މަސަލަސް ތިމަ އަޅުކަމުގެ މައިދާނުން އަބަދު
...........................ހިއްމަތާއެކު ކުރިމަގުން އުޅެލަން މިއަދު ކުރިމަތި ލަމާ!
މަތަކުރަން ހިތް އޮތްގޮތީ ނިތްތިރިކުރުން ކަމުގައި ބަލާ
...........................މަތަވެވޭހާ ހެޔޮ ދުޢާ ކުރުމަށް ހިނގާ ވިސްނާލަމާ!
މިއަދު އޮންލައިން