ދަންނަބޭކަލުން ބަޔާންކުރައްވަވާގޮތުގައި ކީރިތި ޤްރްއާން އަޅުގަނޑުމެންނަށް ބާއްވަވައިލެއްވެވުމުގެ އިތުރުން ލައިލަތުލްޤަދްރް ވިލޭރެއަކީ ކުރިއަށް އޮންނަ އަހަރަށް ދުނިޔޭގެ ކަންކަން މާތް ﷲ ކަނޑައަޅުއްވަވައި ނިންމަވާ ރެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ކަންކަންވެސް ކުރިއަށް އޮތް އަހަރަށް ކަނޑައެޅިގެންދާނެ ރެއަކީ އެރެއެވެ. ލައިލަތުލްޤަދްރް ވިލޭރެއެވްެ. އެފަފަދަ ރެއަކު އަޅުގަނޑުމެންނަށް ހެޔޮ ގޮތްތައް މިންވަރު ކޮށްދެއްވެވުން އެދި ދުޢާކުރުންމަތީގައި ދެމިތިބުން ކިހައި މުހިންމުތޯއެވެ!
މާތްﷲ އަށް ބިރުވެތިވެގެން ރާއްޖޭގައި އުޅެމުންދާ މީހުންގެ ތެރެއިން ވަރަށް ގިނަ ބައަކީ ތަފާތު ބޭނުންތަކަށް އިންތިހާއަށް ބޭނުންވެފައިވާ ބައެކެވެ. އެންމެ އަސާސީ ބޭނުންތަކުން ފެށިގެން އެންމެ މަތީ ފެންވަރުގެ ބޭނުންތަކަށް ބެލި ނަމަވެސް ކަން އޮތީ މިފަދަ ގޮތަކަށެވެ.
މިއަހަރުގެ ރަމަޟާން މަސް މިދަނީ ކަލަންޑަރާ ވަރަށް އެއްގޮތަށެވެ. އެހެންކަމަށް ބަލާއިރު މި ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ފުރަތަމަ އޮނަ ހިރި ރޭ މިވަނީ ރޭގައި އަޅުގަނޑުމެންނާއި ވަކިވެފައެވެ. އާދީއްތަ، އަންގާރަ، ބުރާސްފަތި ހޮނިހިރު ވިލޭރޭ އަދި އޮތީ ކުރިއަށެވެ.
ބަރަކާތްތެރިކަމުން ފުރިގެންވާ ލައިލަތުލްޤަދްރް ވިލޭ ރޭ ލިބިގަންނަން އެދޭމީހާ ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގަދައަޅުއްވައި ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.