މަރުހަބާ ރަމްޟާން

ކިޔުމަށް ހޭދަވާނީ 45ސ
މަރުހަބާ ރަމްޟާން
މިއަދަކީ ރަމްޟާން މަހުގެ ފުރަތަމަ ދުވަސް ވިސްނާލަމާ!
............. މިއަދަކީ ރަޙްމަތުގެ ދޮރު ހުޅުވުނުދުވަސް އަތް އުފުލަމާ!
ހެޔޮ ސަވާބާ ނިޢްމަތުގެ މޫސުންބަހާރެއް މީ ފެށުނު
............. ހެޔޮ ދަރުމަ އެދިގެން މި މައްސަރުގައި ދުޢާތައް ކޮށްލަމާ!
މުޅި ހަޔާތުގެ ތިލަފަތަށް ބަރުކޮށްލުމަށް މީ ފުރުސަތެއް
............. މުޅި ދުވާލާ ރޭގަނޑާ އަޅުކަންމަތީ ދެމި ތިބެލަމާ!
އިތުރު ސުއްނަތް ދަމުނަމާދު ކުރަން މިއީ ހެޔޮ ވަގުތެކޭ
............. ސިތުރަފުރަ މާތް ޙަޟްރަތަށް ނިޔަތާހިތުން ކުއްތަންވަމާ!
މަދަދުދީ ނިކަމެތި ފަގީރުންނަށް އެހީގެ އަތެއްދެމުން
............. އަދަދުނުވެވޭ ހާ ޒިކުރު ކިޔަމުން ދުޢާތައް ކޮށްލަމާ!
ފިތުނަޔާ ހަސަދައިގެ ވިހައިން ދުރުވެތިބެ އުފަލާއެކީ
............. މިތުރުނޭ ތަކްބީރު ކިޔަމުން ތެދުމަގުން ކުރިޔަށްދަމާ!
ދިޔަ އެމާޒީ ކުރެވިފައި އޮތްފާފައެއް އެދި ފުއްސަވަން
............. ވިޔަނުވާ އަދަދަށް ދުޢާތައް ކުރުމުގައި ދެމިތިބެލަމާ!
އުއްމަތުގެ ހެޔޮ އަޅުތަކުން ކުށްފާފަޔާ ދުރުހެލިވަމުން
............. ފުއްސެވުން އެދި ފާފަތައް ހެޔޮ ނިޔަތުގައި އަތްއުފުލަމާ!
މިއަދު އޮންލައިން