އަހަރުގެ އިސްލާމީ ޝަޚްޞިއްޔަތުގެ ޝަރަފް ސަލްމާން ރަސްގެފާނަށް އަރުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އަހަރުގެ އިސްލާމީ ޝަޚްޞިއްޔަތުގެ ޝަރަފް ސަލްމާން ރަސްގެފާނަށް އަރުވައިފި
ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްޠޫމް، އަހަރުގެ އިސްލާމީ ޝަޚްޞިއްޔަތުގެ ޝަރަފް ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަރުއްވައިފިއެވެ.

އަލްމަޚްޠޫމް ފައުންޑޭޝަނުން ދުބާއީގައި ކުރިއަށް ގެންދިއަ ބައިނަލްއަޤްވާމީ ޤްރްއަން ކިޔެވުމުގެ މުބާރާތުގައި ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ޝަރަފާއި ހަވާލުވެވަޑައިގަތީ ސައުދީ އިސްލާމިކް މިނިސްޓަރ އައްޝައިޚް ޞާލިޙް ބިން ޢަބްދުލްޢަޒީޒް އެވެ.

މިރަސްމިއްޔާތުގައި މުބަރާތުގެ އެންމެ މޮޅު 10 ވަނަ ހޯދި ދަރިވަރުންނަށް ޝައިޚް މަޚްޠޫމް ވަނީ އެވޯޑް ދެއްވައިފައެވެ. އެއިގެތެރޭގައި ރާއްޖެ ހިމެނިފައެއް ނުވެއެވެ.
މިއަދު އޮންލައިން