ރަމަޟާން މަހުގެ ދުވަސްތައް ކުރިއަށްދާއިރު އިރާޤުގެ މޯސުލްގައި 100،000 އަށްވުރެ ގިނަ ރައްޔިތުން ތިބީ އައިއެސް އިން ހިސޯރުކޮށްފައި ކަމަށާއި އެމީހުން ތިބީ ކާބޯތަކެތިވެސް ނުލިބި ވަރަށް ނިކަމެތި ހާލަތުގައި ކަމަށް އދ އިން އިން ބުނެފިއެވެ.
އދގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ މިމީހުން ހިސޯރުކޮށް ހިފަހައްޓަމުން ގެންދަނީ އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި ކަމަށެވެ.
މޯސުލް ހިފުމަށް އެމެރިކާގެ އެހީތެރިކަމާއިއެކު އިރާޤް ސިފައިން ކުރމުން ގެންދާ ހަނގުރާމަތަކުގެ ސަބަބުން އައިއެސްގެ ހަނގުރާމަވެރިން މިހާރު ވަނީ ވަށާލެވިފައެވެ. ހަމަލާތައް ދެފަރާތުން އޮއްސަމުން ގެންދަނީއެވެ. ސަލާމަތްވުމަށް ދެވޭނެ އެއްވެސް ދިމާއެއް ނެތެވެ.
އެމެރިކާގެ މަޅީގައި ޖެހި ސައްދާމް ހުސައިންގެ ވެރިކަން ނިންމައިލިފަހުން އިރާޤްގެ ރައްޔިތުންނަށް ވަނީ މިފަދަ ގިނަ މުޞީބާތްތައް ކުރިމަތިވެފައެވެ.