އެކްސް ފުޓްސަލް މުބާރާތް: ސެމީ ފައިނަލްގެ ފުރަތަމަ 3 ޖާގައަށް ޓީމުތައް ކަށަވަރުކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 4ސ
އެކްސް ފުޓްސަލް މުބާރާތް: ސެމީ ފައިނަލްގެ ފުރަތަމަ 3 ޖާގައަށް ޓީމުތައް ކަށަވަރުކޮށްފި
ޅ. ހިންނަވަރުގައި މިހާރު ކުރިއަށްދާ އެކްސް ފުޓްސަލް ފުޓްސަލް ޗެލެންޖުގެ ސެމީފައިނަލުގެ ފުރަތަމަ 3 ޖާގައަށް ކަށަވަރު ވެއްޖެއެވެ.

އެގޮތުން ސެމީގެ ފުރަތަމަ 3 ޖާގަ ކަށަވަރުވެފައިވަނީ ގްރޫޕް އޭގެ އެފްސީ ބޮމްބާރޑް އާއި ގްރޫޕް ބީގެ ސްކޯޕިއަން ރިޓަރންސް އާއި ގްރޫޕް ސީގެ ލަނޑަން އެފްސީއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗު ސްކޯޕިއަން ރިޓަރންސް އިން ކާމިޔާބުކުރީ އަޔަން ބޯއީސް އާއިބައްދަލުކޮށް 5 ލަނޑު 2 ލަނޑުންނެވެ.

މި މެޗުގައި އަޔަން ބޯއީސްގެ ދެ ލަނޑުވެސް ޖަހައިދިނީ ޢަބްދުލް އަލީމް އެވެ. ސްކޯޕިއަން ރިޓަރންސްގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޢައްފާން 3 ގޯލު އަދި މުޙައްމަދު ސުޖާޢު އާއި ޙުސައިން މުޙައްމަދު ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ ސްކޯޕިއަން ރިޓަރންސްގެ ޙުސައިން މުޙައްމަދުއެވެ.

ރޭ ކުޅުނު ދެވަނަ މެޗު 13 ލަނޑު 3 ލަނޑުން ރިވަރސައިޑުން ކާމިޔާބުކުރީ ބޮމްބާރޑް ޖޫނިއަރސް އާވާދަކޮށެވެ.

މި މެޗުގައި ބޮމްބާރޑް ޖޫނިއަރސްގެ ގޯލުތައް ޖަހައިދިނީ ޢަލީ އީވާން އަދި އަޙްމަދު ޔޫސުފްއެވެ. މީގެ ތެރެއިން އަޙްމަދު ޔޫސުފް ވަނީ 2 ގޯލު ޖަހައިދީފައެވެ. ރިވަރސައިޑުގެ ގޯލުތައް ޖަހައިދިނީ އަޙްމަދު އަނީޒް 4 ގޯލު، އިބްރާހިމް ނިހާމް 2 ގޯލު، ޢަލީ މުޚްތާރު 4 ގޯލު، ސިމާލް އާދަމް އާއި ޙުސައިން އައްފާޝް އަދި މުޙައްމަދު މައުރޫފް ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ ރިވަރސައިޑުގެ މުޙައްމަދު މައުރޫފްއެވެ.

މި މުބާރާތުގައި ސެމީގެ 4 ވަނަ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމުގެ މެދުގައި ލީގު އުސޫލުން ޕްލޭއޮފް އެއްބުރު ކުޅެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެކެވެ.

އެގޮތުން ގްރޫޕް އޭ އިން ޕްލޭއޮފްއަށް ރިވަރސައިޑު ގޮސްފައިވާ އިރު، ގްރޫޕް ސީގެ ޕްލޭއޮފްއަށް ގޮސްފައިވަނީ އެފްސީ ފްރެންޑްސްއެވެ. ގްރޫޕް ބީގެ ޕްލޭއޮފްއަށް ދާނެ ޓީމެއް ކަނޑައެޅޭނީ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި މިރޭކުޅޭ ޓޯރާބޯރާ އަދި ޕޮލިސް މެޗަށް ފަހުއެވެ.

މި ގްރޫޕުގައި މި ދެޓީމުވެސް މިހާތަނަށް ވަނީ ތިން ޕޮއިންޓު ހޯދާފައެވެ. ޕޮލިސް ޓީމުން 6 ގޯލު ޖަހާފައިވާ އިރު، 7 ގޯލު ވަނީ ވަދެފައެވެ. އަދި ޓޯރާބޯރާ އިން 10 ގޯލު ޖަހާފައިވާ އިރު، 9 ގޯލު ވަނީ ވަދެފައެވެ.

އެހެންކަމުން މިރޭގެ މެޗަކީ ދެޓީމަށްވެސް މުހިންމު މެޗެކެވެ.

މިއަދު އޮންލައިން