ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް އިން ބާއްވާ ވަންޑޭކަޕް ފުޓްސަލް މުބާރާތުގައި ބައިވެރުވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 50ސ
ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް އިން ބާއްވާ ވަންޑޭކަޕް ފުޓްސަލް މުބާރާތުގައި ބައިވެރުވުމުގެ ފުރުޞަތު ހުޅުވާލައިފި
ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް) އިން ބާއްވާ ވަންޑޭކަޕް ފުޓްސަލް މުބާރާތް 2017ގައި ބައިވެރުވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެވެސް ފިޠުރު ޢީދާއިދިމާކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި ޖޫން މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ 14:00އާއި ހަމައަށް ހުޅުވާލާފައިވާ އިރު، ގުރުއަތުލުން ބޭއްވުމަށް ނިންމާފައިވަނީ ހަމައެރޭ 21:00 ގައެވެ.

ޒުވާނުންނާއި ރަށުގެ އެކި ފަރާތްތަކުގެ އެހީއާއިއެކު އެސްއެމްއެސް ޖަމްޢިއްޔާ އިން އިންތިޒާމްކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް =/2000 ރުފިޔާ، ރަނަރއަޕް ޓީމަށް =/1000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

ޖޫން 27 ވާ އަންގާރަ ދުވަހު ހެނދުނު 07:00 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި ސާފް ފިއުލްއެވެ.

ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަންނުޖެހޭ މި މުބާރާތުގެ ފައިބެއަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފްސީ ކަދެމަލެއެވެ.

މިއަދު އޮންލައިން