ލަންޑަން ޓަވަރު ހާދިސާގަ 400 މީހަކަށް ވީގޮތެއް އަދިވެސް ނޭނގެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ލަންޑަން ޓަވަރު ހާދިސާގަ 400 މީހަކަށް ވީގޮތެއް އަދިވެސް ނޭނގެ!
މިދިއަ ހަފްތާގައި ލަންޑަން ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 400 މީހަކަށް ވީގޮތެއް ނުއެނގޭކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

އެމީހުން ބުނަނީ އަނދާފައިވާ ފްލެޓްތައް ބަލައި ފާސްކުރުމުގައި ހިތްހަމަޖެހޭ ވަރަށް އަލިފާން ނިއްވާ ސިފައިން އަދިވެސް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ގެއްލިފައިވާ މީހުން ހޯދަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ.

ބައެއް ފަންގިފިލާތައް އަނދާފައިވާ މިންވަރު ބޮޑުކަމުން ސިފައިންނަށްވެސް ވަނީ ހަރަކާތްތެރިވުމުގައި ދަތިތައް ކުރިމަތިވެފައެވެ. އެހެންކަމުން ކުއްތާ ފަދަ ތަކެތި ފޮނުވައިގެންވެސް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ގެންދަނީ ކުރަމުންނެވެ.

މިހާދިސާގައި ފުރަތަމަ އަލިފާން ހިފީ ފްލެޓެއްގައި ފްރިޖެއްގައިކަމަށް ބެލެވުނު ނަމަވެސް އަލިފާންގަނޑު މުޅިތަނަށް އެހައި އަވަހަށް ފެތުރުނު ސަބަބާއިމެދު މިހާރު ވެސް ވަނީ ސުވާލުތައް އުފެދިފައެވެ.

މިއަދު އޮންލައިން