މޮރިޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ޓީމު ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަނީ...

ކިޔުމަށް ހޭދަވާނީ 2މ 2ސ
މޮރިޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ޓީމު ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަނީ...
މޮރިޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ޓީމު ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުން އެބައާދެއެވެ.

އެގޮތުން 6 އިވެންޓެއްގެ ކުއާޓަރ ފައިނަލުން ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު ވަނީ ޖާގަހޯދާފައިވާ އިރު، އަންހެން ސިންގަލްސް ކުއާޓަރ ފައިނަލުން ފާތިމަތު ނަބާހާ، އަންހެން ޑަބަލްސް އިން ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާރ އާއި މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲގެ ޕެއާރ ވަނީ ޖާގަ ހޯދާފައެވެ.

މީގެ އިތުރުން މިކްސް ޑަބަލްސްގައި ރާއްޖޭގެ އަޖުފާން ރަޝީދާއި ނީލާ ނަޖީބުގެ ޕެއާރ އާއި ނިބާލް އަޙްމަދާއި މައިސާގެ ޕެއާރގެ އާއި ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާރވެސް ވަނީ ޖާގަ ހޯދާފައެވެ. އަދި ފިރިހެން ސިންގްލަސްގައި އަޖުފާން ވަނީ ކުޅުނު ފުރަތަމަ މެޗުން މޮރިޝަސްގެ ތިއެރީ ބެލެފެއު އާބައްދަލުކޮށް 21-19، 21-9 އިން މޮޅުވެފައެވެ.

ނަމަވެސް ދެވަނަ މެޗުގައި ލަގްޒެމްބާގްގެ ރޮބަޓް މަން އަތުން އަޖުފާން ބަލިވެފައިވާ އިރު، ރާއްޖޭގެ ނިބާލް ވަނީ ފިރިހެން ސިންގަލްސްގައި ކުޅުނު ފުރަތަމަ މެޗުން 27-25، 21-13 އިން މޮރިޝަސްގެ ހުޒައިރު އަސްރާފް އަތުން މޮޅުވެފައެވެ. އެހެންނަމަވެސް ދެވަނަ މެޗުން މި މުބާރާތުގައި ދެވަނައަށް ސީޑްކޮށްފައިވާ އިޓަލީގެ ރޮޒާރިއޯ މަލްޑޯނީ އަތުން ނިބާހްވެސް ވަނީ ބަލިވެފައެވެ.

މި ޖޫން މަހުގެ 18 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމުގައި ހިމެނެނީ ފިރިހެން 4 ކުޅުންތެރިންނާއި އަންހެން 6 ކުޅުންތެރިންނެވެ.

ފިރިހެން ކުޅުންތެރިންނަކީ ޒުވާން 2 ކުޅުންތެރިން ކަމަށްވާ ނިބާލް އަހުމަދާއި މުހައްމަދު އަރްސަލާން އާއި ސީނިއަރ ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި މުހައްމަދު އަޖުފާން އެވެ.
އަންހެން ކުޅުންތެރިންނަކީ ނީލާ ނަޖީބާއި ނަފްހާ ނަސްރުﷲ އާއި މައިސާ ފަތުހުﷲ އާއި އައިމިނަތު ޝަހުރުނާޒް އަދި ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އެވެ.

މި މުބާރާތުގައި ދިވެހި ކުޅުންތެރިން ރަނގަޅު ނަތީޖާތަކެއް ހޯދައިފިނަމަ ބެޑްމިންޓަން ވަރލްޑް ރޭންކިންގގައި ދިވެހި ކުޅުންތެރިންނަށް ކުރިއަށް ޖެހިލުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ.

ދިވެހި ޤައުމީ ބެޑްމިންޓަން ޓީމުން ނިންމާފައިވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެލް ހޯދުމެވެ.

މިމުބާރާތުގައި ވާދަކުރާ ޤައުމީ ބެޑްމިންޓަން ޓީމުގެ ސްޕޮންސަރއަކީ މޮރިޝަސް ކޮމަރޝަލް ބޭންކް އެވެ.
މިއަދު އޮންލައިން