މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ޓީމެއް ފުރަތަމަ ފަހަރަށް ސެމީއަށް ދަތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ޓީމެއް ފުރަތަމަ ފަހަރަށް ސެމީއަށް ދަތުރުކޮށްފި
މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ޓީމެއް ފުރަތަމަ ފަހަރަށް ސެމީއަށް ދަތުރުކޮށްފިއެވެ.

އެގޮތުން އަންހެން ޑަބަލްސްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާރ އާއި މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲ ގެ ޕެއާރ އެވެ. އަދި މިކްސް ޑަބަލްސްއިން ރާއްޖޭގެ ޒަޔާން ޒަކީ އާއި ނަބާހާ ޢަބްދުލް ރައްޒާގުވެސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

ސެމީފައިނަލުގެ މެޗުތައް މިއަދު ހަވީރު ކުޅޭ އިރު، ސެމީ އިން ބަލިވިޔަސް ސިލްވަރ މެޑެލް މިވަނީ ޔަޤީންވެފައެވެ.

އެހެންނަމަވެސް ހުރިހާ ދިވެހިންވެސް ބޭނުންވާނީ ރަން މެޑެލްއެވެ. ދިވެހި ޤައުމީ ބެޑްމިންޓަން ޓީމަށް އެކަން ކުރެވޭނެ ފެންވަރު ހުރިކަން އެ އަންނަނީ ދައްކަމުންނެވެ.

ދިވެހި ޤައުމީ ބެޑްމިންޓަން ޓީމު ހޯދަމުން އަންނަ ކާމިޔާބީއަށް މިއަދުނޫހުގެ ފަރާތުން މަރުޙަބާ ކިޔަމެވެ. އަދި އަބަދުވެސް އެދެނީ ފޮނި ކާމިޔާބީއަށެވެ.


މިއަދު އޮންލައިން