ދަމުނަމާދު އެކަނި ކޮށްލުމަކުން ނުފުދޭ- އަނބި ދަރިން ލައްވައި ކުރުވަން ވެސް ޖެހޭ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދަމުނަމާދު އެކަނި ކޮށްލުމަކުން ނުފުދޭ- އަނބި ދަރިން ލައްވައި ކުރުވަން ވެސް ޖެހޭ: ޑރ. ޝަހީމް
ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ފެށުމުން ހަމައެކަނި އަޅުގަނޑުމެން ގޮސް ދަމުނަމާދުކޮށްލުމަކުން ނުފުދެއެވެ. އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ފެށުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަނބިއަނބިކަނބަލުންގެ ގެކޮޅުތަކަށް ހިންގަވައިވަޑައިގެން ދަމުނަމާދަށް އެބޭކަނބަލުން ހޭފުޅުލެއްވެވި ކަމަށެވެ.

"ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަމަލުފުޅުތަކަށް ބަލާއިރު ފަހު ދިހައިގަ ޢާއިލާގެ ބޭފުޅުން، ޚާއްޞަކޮށް އަނބިއަނބިކަނބަލުން އަވަހާރަފުޅުން ތެދުކުރައްވަވާކަމަށް ވަނީ. އެބާކަނބަލުންނަށް ހިތްވަރު ދެއްވަވާ.

ޑރ. ޝަހީމް ވިދާޅުވީ ރަމަޟާން މަހުގެ 10 އައުމުން ކުރާނެ ވަކިން ޚާއްޞަ ހެޔޮކަމެއް ނެތް ކަމަށާއި ކުރަން އޮތީ ހަމަ ކުރިންވެސް ކުރަމުން އައި ކަންތައްތައް ކަމަށެވެ. "ނަމާދުކުރުމާއި ޤްރްއާން ކިޔެވުމާއި ތަރާވީސް ނަމާދުކުރުމާ ވިތުރި ކުރުމާއި ދަމުނަ ނަމާދުކުރުމާއި ޛިކުރުކުރުން ފަދަ ކަންތައްތައް. ދުޢާ ކުރުން ގިނަކުރަންވީ."

ވީޑިއޯ: "ރަޙްމަތުގެ ނަބިއްޔާ"




ޑރ. ޝަހީމް ވިދާޅުވީ ރަމަޟާން މަސް އައުމުން ކަންނެތްވެ ފަރުވާ ކުޑަކުރުމެއް ނެތް ކަމަށާއި ރަމަޟާން މަހަކީ ހިތްވަރު ކުރިއަށް ނެރެ އަޒުމްތައް ވަރުގަދަކުރަންޖެހޭ މައްސަރު ކަމަށެވެ. އަދި ބަދުރު ހަނގުރާމައިގައި މުސްލިމުން ދެއްކި ހިތްވަރުގެ ހަނދުމަފުޅު އައުކުރައްވަވާ ކަމަށެވެ.

މިއަދު އޮންލައިން