ސާބަހޭ މޯދީ! 2019 ވަނަ އަހަރުން ފެށިގެން ސްވިސް ބޭންކްތަކާ އިންޑިއާގެ ސަރުކާރާ އޮޓޮމެޓިކުން ގުޅާލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ސާބަހޭ މޯދީ! 2019 ވަނަ އަހަރުން ފެށިގެން ސްވިސް ބޭންކްތަކާ އިންޑިއާގެ ސަރުކާރާ އޮޓޮމެޓިކުން ގުޅާލަނީ!
"ސާބަހޭ މޯދީ! އައްސަރިބަހާ ސާބަސް މޯދީ! ޝުކުރިއްޔާ މޯދީ!" މިއީ އިންޑިއާތަގެ އެތައް ހާސް މިލިއަން ރައްޔިތުން އެމީހުންގެ ހިތުގެ އަޑިން ގޮވާ ގޮވުންތަކެވެ. ބޮޑުވަޒީރު ނަރެންދުރަ ނޯދީއަށް ތައުރީފްކޮށެވެ!

އިންޑިއާގެ ސަރުކަރާއި ކުންފުނިތަކުން ވަގަށް ނަގާ ފައިސާތައް ސްވިސް ބޭންކުތަކަށް ޖަމާކޮށް ފިލާ ތިބެވުން ނިމުމަކަށް ގެނެސްދެއްވީތީއެވެ. އެއިން ވިޔަފާރިކޮށް އިތުރަށް މަހުޖަނުވުން ހުއްޓުވީތީއެވެ.

ސްވިޒްރލޭންޑްގެ ސަރުކަރާއި އިންޑީއާގެ ސަރުކާރާއި ދެމެދު މިހާރު އެއްބަސްވެފައިވަނީ 2019 ވނަ އަހަރުން ފެށިގެން ވަގުންގެ އެކައުންޓްތައް އިންޑިއާ ސަރުކާރާއި އޮޓޮމެޓިކުން ހިއްސާކޮށްފައި ބެހެއްޓުމަށެވެ. ކުރާ ކޮންމެ ޓްރާންސެކްޝަނެއް ވަގުތުން އެނގޭ ގޮތަށެވެ.

މިއީ އިންޑިއާގެ ތާރީޚުގައިވެސް ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމަށް އެޅިގެންދާ މިފަދަ އެންމެ މުހިންމު ފިޔަވަޅެވެ. ކޮރަޕްޝަން އިންޑިއާ އިން ނައްތައިލުމަކީ މޯދީގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ.
މިއަދު އޮންލައިން