ރަން އެއް ފަރުބަދަ ގެއްލިއްޖެ- ދެވަނަ ރަންފަރުބަދަ މިރޭ ބައްދަލުކުރާނެ- ރަންތައް ލިބިގަތުމަށް ތައްޔާރުތޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރަން އެއް ފަރުބަދަ ގެއްލިއްޖެ- ދެވަނަ ރަންފަރުބަދަ މިރޭ ބައްދަލުކުރާނެ- ރަންތައް ލިބިގަތުމަށް ތައްޔާރުތޯ
ބަރަކާތްތެރި ރަމަޟާން މަސް ފެށި ނިމެމުން އައިސް ފަހު ދިހައިގެ ރޭތަކުން މިރެއަކީ 2 ވަނަ އޮނަހިރި ވިލޭރެއެވެ. މި ދިހައިގައި ހިމެނޭ 5 ރަން ފަރުބަދައިން 2 ވަނަ ފަރުބަދަ މިރޭ ބައްދަލުކުރާނެއެވެ. އެ ބިޔަ ބޮޑު ރަންފަރުބަދައިން އަތުލައިގަނެވޭނީ ނުވަތަ ޙާޞިލުކުރެވޭނީ ކިހައި މިންވަރެއްބާވައެވެ.

ޙާޞިލުކުރާނެ މިންވަރާއިމެދު ގޮތެއް ނިންމުން މާތް ﷲ ވަނީ އިންސާނުންގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. އޮތީ ހަމަ ހޫޅުވާލެވިފައިވާ ޢާންމު ދައުވަތެކެވެ. ރަޙްމަތުގެ ދޮރުކޮޅުތައް ވަނީ ހުޅުވިފައެވެ. ޚަޒާނާތަކުގެ ދޮރުކޮޅުތައް ވަނީ ހުޅުވާލެވިފައެވެ. އެމީހަކު ބޭނުންވަރަކަށް ހަމަ ގެންދަންވީއެވެ.

ކިތަންމެ ގިނައިން ގެންދިއަ ނަމަވެސް މާތް ﷲ އަށް އެއްވެސް އުނިވުމެއް ނެތެވެ. އަދި އެއްވެސް ވަރަކަށް ނުގެންދިއަ ނަަމަވެސް އެކަމުގެ ސަބަބުން މާތް ﷲ ގެ ޒާތުފުޅަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތެވެ. މޮޅާއި ދެރަ ލިބޭނީ އިންސާނުންނަށް އެކަންޏެވެ.

ގަދައަޅައި އެންމެންވެސް ހިތްވަރުކުރަމާތޯއެވެ! މިހޮނިހިރާއިއެކު މިއަހަރަށް މި ބަރަކާތްތެރި ރަމަޟާން މަސްވެސް އަޅުގަނޑުމެންނާއި ވަކިވެގެންދާނެއެވެ. ރަންފަރުބަދަތަކާއި ޚަޒާނާތައް ގެއްލިގެންދާނެއެވެ. ދެން ބައްދަލުވާނެ ކަމުގެ އުންމީދެއްވެސް ނެތިއެވެ. އެހެންކަމުން މިރެއާއި ކުރިއަށް ދެން ވެސް 3 އޮނަ ހިރިވިލޭރޭ، ރަމަޟާންމަހުގެ ،25 27 އަދި 29 ވިލޭރޭ ގަދަ އަޅައި އިތުރު ހިތްވަރެއް ކޮށްލަމާތޯއެވެ!
މިއަދު އޮންލައިން